ސަރުކާރު ނިންމުމަކީ ކަނޑައެޅިގެން އިސްލާމް ދީނަށް ކުރެވުނު މަލާމާތެއް - އިލްޔާސް

29 Nov 2018 | 20:05

އިސްލާމީ ޝަރީއަތުގައި ކަނޑައެޅިފައިވާ ހައްދު ކަނޑައެޅިފައިވާ ހައްދުތަކާ ދެކޮޅަށް ސަރުކާރުން ކަންކަން ނިންމުމަކީ ކަނޑައެޅިގެން އިސްލާމް ދީނަށް ކުރެވުނު މަލާމަތެއް އަދި ގޮންޖެހުމެއް ގޮތުގައި މަޝްހޫރޫ ދީނީ އިލްމުވެރިއާ ޝެއިހް އިލްޔާސް ވިދާޅުވެއްޖެއެވެ.

މިއަދު އދ ގެ ބައްދަލުވުމުގައި ރާއްޖެއިން މަރުގެ ހުކުމް ތަންފީޒް ނުކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ފޮރިން މިނިސްޓްރީން ކޮށްފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގައި ފާއިތުވި 65 އަހަރު ވަންދެން ހިފަހައްޓާފައިވާ މަރުގެހުކުމް ތަންފީޒް ނުކުރުމަށް ނިންމާފައިވާ ނިންމުން ދަމަހައްޓައި ދެމިތިބޭނެކަމަށެވެ.

އިލްޔާސް އިތުރަށް ވިދާޅުވިގޮތުގައި ކުރިން ގޯސްކޮށް ކަމެއް ކުރެވިފައި އޮތުމަކީ މިއަދު އެ ނިންމުން ދަމަހައްޓަން ޖެހޭ ސަބަބެއް ނޫންކަމަށާއި، ބަޔަކު ރުއްސަން މަސައްކަތް ކުރުމުގެ ބަދަލުގައި ﷲ ގެ ރުހިވޮޑިގަތުން ލިބިގަތުމަށް މަސައްކަތް ކުރުން ބުއްދިވެރި ވެފައި ހެޔޮކަން ބޮޑުކަމަށް އިލްޔާސްގެ ފޭސްބުކް ސްޓޭޓަސްގައި ވަނީ ވިދާޅުވެފައެވެ.

އަދި މާޒީން އިބުރަތް ހާސިލް ކުރުމަށް ސަރުކާރަށް ވަނީ އިލްޔާސް ގޮވާލައްވާފައެވެ. އަދި އިސްލާމް ދީނުގެ ޝިއާރުތަކަށް ގޮންޖެހި ކޮންމެ ސަރުކާރެއްވަނީ ނިކަމެތިވެ ނިމިގެން ގޮސްފައިކަން ހަނދާންކޮށްދެއްވިއެވެ.

އިސްލާމް ދީން ހިމާޔަތްކުރަން ރައްޔިތުންގެ ކިބައިން ސަރުކާރުން ވި ވައުދުމަތިން ހަނދާން ނައްތާނުލުމަށް ވެސް އިލްޔާސް ވަނީ ގޮވާލައްވާފައެވެ.

އިލްޔާސްގެ އިތުރުންވެސް ގިނަ އަދަދެއްގެ އިލްމުވެރިން އަންނަނީ މި މައްސަލާގައި ދެކޮޅުހަދައި ސަރުކާރުގެ ނިންމުމަށް ފާޑު ވިދާޅުވަމުންނެވެ.  

Advertisement

ކޮމެންޓް