ޖުނައިދު އެމްޑީޕީއަށް ސޮއިކުރައްވާ މަގާމުން އިސްތިއުފާދީފި

27 Nov 2018 | 20:28

މޯލްޑިވްސް ކަަސްޓަމްސްގެ ކޮންޓްރޯލަރ ޖެނެެެރަލްގެ މަގާމުގައި ހުންނެވި މުހައްމަދު ޖުނައިދު މަގާމުން އިސްތިއުފާދެއްވައި، އެމްޑީޕީއަށް ސޮއިިކުރައްވައިފިއެވެ.

މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ޖުނައިދު ވިދާޅުވީ އެމްޑީޕީއާއި ގުޅިވަޑައިގަތުމަށްފަހު މަގާމުން އިސްތިއުފާދެއްވީ ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބުގައި މީދޫ/މަރަދޫ ދާއިރާއަށް ވާދަކުރައްވާ އިމާދު ސޯލިހަށް ކެމްޕެއިން ކޮށްދެއްވުމަށް ކަމަށެވެ.

ޖުނައިދާއި އެކު އެމްޑީޕީއަށް ވަރަށް ގިނަ ފަރާތްތަކުން ގުޅޭނެކަމަށް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ.

އަމިއްލަ ވިޔަފާރިއެއްވެސް ކުރައްވާ ޖުނައިދަކީ، ކުރިން އެމްޕީއެލްގެ މެނޭޖިންގް ޑިރެކްޓަރގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. ޖުނައިދު ފާހަގަވެފައިވަނީ ކުރީގެ ރައީސް ޔާމީންއާއި ގާތް ފަރާތެއްގެ ގޮތުގައެވެ.

ނަމަވެސް ފަހަކަށް އައިސް ޕީޕީއެމްގެ އެއްވެސް ހަރަކާތަކުން ޖުނައިދު ފެނިފައެއް ނުވެއެވެ.

Advertisement

ކޮމެންޓް