ޕީސީއާރްގެ ނެގެޓިވް ނަތީޖާއާއެކު ދިވެހިންނަށް ރިސޯޓުތަކަށް ދެވޭނެ

16 Dec 2020 | 12:53

ޕީ.ސީ.އާރު ނެގެޓިވް ނަތީޖާ އާއި އެކު ދިވެހިންނަށް ރިސޯޓުތަކަށް ދެވޭނެ ގޮތަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހަމަޖައްސައިފިއެވެ.

އެޗްޕީއޭ އިން ނެރެފައިވާ ޢިޢުލާނެއްގައި ބުނެފައިވަނީ ޢާންމު ސިއްޙަތުގެ ޤާނޫނުގެ ދަށުން އަޅާފައިވާ ފިޔަވަޅުތަކަށް ގެނެސްފައިވާ ބަދަލުތަކުގައި ހުއްދަނަގައިގެން ކުރު މުއްދަތުގެ މަސައްކަތްތަކަށް ރިޒޯޓްތަކަށް ދަތުރުކުރާ ފަރާތްތަކުން 72 ގަޑިއިރުނުވާ ޕީސީއާރގެ ނެގެޓިވް ނަތީޖާއާއި އެކު ދަތުރުކުރެވޭނެ ކަަމަށެވެ.

އެޗްޕީއޭއިން ބުނީ މިގޮތަށް ދަތުރުކުރާ ފަރާތްތަކުން ހުރުމާއި ކެއުމުގެ ކަންކަން ރިސޯޓުގައި މަސައްކަތްކުރާ މުޒައްޒަފުންނާއި،ވަކިން ކަމަށެވެ. މިފަދައިން ދަތުރުކުރާއިރު، އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އެޗްޕީއޭއިން އިތުރަށް ބުނީ ކުރު މުއްދަތުގެ މަސައްކަތްތަކަށް ރިސޯޓްތަކަށް ދަތުރުކުރާ ފަރާތްތަކާއި، ލޯކަލް ޓުއަރިސްޓުންގެ ގޮތުގައި ޗުއްޓީ ހޭދަކުރުމަށްދާ ފަރާތްތަކުން މާލެ، ހުޅުމާލެ އަދި ވިލިމާލެ ފިޔަވައި އެހެން ރަށްރަށަށް ދަތުރުކުރާނަމަ ކަނޑައެޅިފައިވާ އުސޫލުގެ މަތިން 10 ދުވަހުގެ މުއްދަތަށް ކަރަންޓީނުވާނެ ޖެހޭނެކަމަށެވެ.

Advertisement

ކޮމެންޓް

Advertisement