މާލޭ ސިޓީގައި ރޭގަނޑު ކުރިއަށްގެންދާ ކާފިއު އުވާލައިފި

19 Dec 2020 | 00:25

ކޮވިޑް-19 ބަލި ފެތުރެމުންދިއުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލޭ ސިޓީގައި އިއުލާންކުރި ރޭގަނޑުގެ ވަގުތުގެ ކާފިއު އުވާލައިފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ މިރޭ ނެރުނު އެންގުމެއްގައިވާ ގޮތުގައި 7 ނޮވެމްބަރވީ ދުވަހުން ފެށިގެން ވަކި މުއްދަތެއް އަންގަންދެން ގްރޭޓަރ މާލެ ސަރަހައްދުގައި ރޭގަނޑު 12:00 އިން ފަތިހު 04:00 ވަންދެން މަގުމަތީގައި މީހުން އުޅުމާއި ދުއްވާތަކެތި ދުއްވުން މަނާކުރާ އެންގުން މިރެއިން ފެށިގެން ބާތިލްކުރެވިފައިވާ ކަމަށެވެ.

މިއާއި އެކު ގިނަ މަސްތަކެއް ވާންދެން މާލޭ ސިޓީގައި ހިންގަމުންދިޔަ ރޭގަނޑުގެ ކާފިއު ވަނީ ނިމުމަކަށް ގެނެވިފައެވެ.

Advertisement

ކޮމެންޓް