ބަހުގެ ޚިދުމަތް ދިނުމަށް އެމްޓީސީސީއިން ޙަވާލުވަނީ

19 Dec 2020 | 16:26

މާލެ، ހުޅުމާލެ އަދި ހުޅުލެއަށް ދެމުންގެންދާ ބަހުގެ ޚިދުމަތް ދިނުމަށް މޯލްޑިވްސް ޓްރާންޕޯޓް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ޙަވާލުކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ހާމަކުރައްވާފައިވަނީ، އެމްޓީސީސީއަށް 40 އަހަރު ފުރުމާއި ގުޅިގެން ސަންގު ޓީވީ އިން ގެނެސްދިން "ކާމިޔާބު 40" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މިވަގުތު ގްރޭޓަރ މާލެ ސަރަޙައްދުން ދެމުންގެންދާ ބަހުގެ ޚިދުމަތް ދެމުންދަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ކަމަށްވާއިރު ޚިދުމަތް ދިނުމަށް މިހާރު އެމް.ޓީ.ސީ.ސީ އާއި ޙަވާލުކޮށްފައިވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އެކަމާއި ގުޅިގެން ކުރަންޖެހޭ މަޝްވަރާތައް ނިމި އަންނަ އަހަރުގެ ކުރީކޮޅުގައި އެމްޓީސީސީ އިން އެމަސައްކަތާއި ޙަވާލުވާނެ ކަމަށެވެ.އަދި އެކުންފުނިން ރަނގަޅު ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

މާލެ ހުޅުމާލެ އަދި ހުޅުލެއަށް ދެމުން އަންނަ ބަހުގެ ޚިދުމަތް ދެމުން އަންނަނީ މޯލްޑިވްސް ޓްރާންސްޕޯޓް އިންނެވެ. ނަމަވެސް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙްގެ ސިޔާސަތަކީ މިސަރަހައްދުގެ ބަހުގެ ޚިދުމަތްވެސް އެމްޓީސީސީ އާއި ޙަވާލުކޮށްގެން ކުރިއަށް ގެންދިޔުން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް