ޑިޕްރެޝަން އަށް ފަސޭހަ ހައްލެއް!

02 Dec 2018 | 10:07

ޑިޕްރެޝަން އަކީ މިހާރު ވަރަށް އާންމުވެ އިތުރުވަމުން އަންނަ ބައްޔެކެ. މި ބައްޔާއި ބެހޭގޮތުން ތަފާތު ހޯދުންތައް ހޯދައި ތަފާތު ވައްތަރުގެ ފަރުވާވެސް ވަނީ ހޯދިފައެވެ. ނަމަވެސް މި ފަރުވާތައް ލިބިގަތުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ. އެންޓި ޑިޕްރެޝަން ބޭސް ފަދަ ބޭސްތައް ބޭނުން ކުރުމުގެ ބަދަލުގައި ތަފާތު ގޮތަކަށް ޑިޕްރެޝަން އަށް ފަރުވާހޯދަމާތޯއެވެ. މިގޮތުން ކޮއްލެވިދާނެ ފަސޭހަ ހަތަރު ކަމަކަށް ބަލާލަމާ!

ފުރަތަމަ ކަމަކަށް ހަފްތާއަކު ތިންދުހު، ބައިގަޑި އެއްހާއިރު ހިނގާލާ ނުވަތަ ދުވެލާ ހަދާލުމުން ޑިޕްރެޝަންއާއި ދުރުވުމަށް އެހީވެދެއެވެ. ކަސްރަތަކީ އޭގެ ސަބަބުން އިންސާނާގެ ހަށިގަނޑަށް ލުއިލިބުމުގެ އިތުރުން އެތަކެއް ބައްޔަކަށް އޮތް ފަރުވާއެކެވެ.

ދެވަނަކަމަކަށް އަނދިރި ތަންތަނުގައި އުޅުމުގެ ބަދަލުގައި ބޭރަށް ނުކުމެލާ ގުދުރަތީ އަލިކަމުގައި އުޅުމުން، ތިމާ ވިސްނަމުން ގެންދާ ދެކޮޅުވެރި ޙިޔާލުތަކާއި ދުރުވެވޭނެއެވެ. ހޯދުންތަކުން ދައްކާގޮތުގައިވެސް އަނދިރި ތަންތަނުގައި ވަގުތު ހޭދަކުރާ މީހުންނަށްވުރެ، ގުދުރަތީ އަލީގައި އުޅޭމީހުން ޑިޕްރެޝަން އާއި ދުރެވެ.

ތިންވަނަ ކަމަކަށް ތައްޔާރީ ކާނާ ބޭނުން ކުރުމުގެ ބަދަލުގައި ތާޒާ މޭވާ އަދި ތަރުކާރީ ބޭނުންކުރާށެވެ. ތައްޔާރީ ކާނާ ބޭނުން ކުރުމަކީ އެތައް ސިއްޙީ މައްސަލަތަކަކާއި ކުރިމަތިލާންޖެހޭ ކަމެވެ. ބެލެންސް ޑައިޓެއްގައި ހުރެ ކަސްރަތު ކޮއްލާ މީހާ އެކްޓިވް ކޮއްލުމުން ޙިޔާލުތަކާއި ދުރުވެ މިހާ ތާޒާވެލާނެއެވެ.

އެންމެ ފަހުކަމަކަށް ޑިޕްރެޝަން ހުންނަ ނަމަ، ސީބީޓީ ޓްރީޓްމެންޓް، ދޭތެރެ ދޭތެރެއިން ނަގާލުން މުހިންމެވެ. ސީބީޓީ ޓްރީޓްމެންޓް އަކީ ކުރުމުއްދަތަކަށް ނަގާ، ސައިކޯތެރަޕީ ޓްރީޓްމެންޓެކެވެ. ޕްރެކްޓިކަލް ގޮތެއްގައި ވިސްނުމަށް މަގުފަހި ކޮށްދިނުމާއި، ޕޭޝަންޓަށް ދިމާވެފައިވާ މައްސަލައަށް ހައްލު ހޯދުމަކީ މި ޓްރީޓްމެންޓްގެ މަޤްސަދެވެ. މައްސަލަ ހައްލުކުރަން އުނދަގޫވެ، ޑިޕްރެޝަންއަށް ދިއުމުގެ ބަދަލުގައި މި ޓްރީޓްމެންޓް ޚިޔާރުކުރާށެވެ.

ތިބޭފުޅުންވެސް ޑިޕްރެޝަންއާއި ކުރިމަތިލަމުން އަންނަ ނަމަ، މި ހަތަރު ކަންތައް ތިބޭފުޅުންގެ ދިރިއުޅުމުގައި ހިމަނާލާށެވެ.    

Advertisement

ކޮމެންޓް