މަލިކަށް ދަތުރުކުރި ފުރަތަމަ މަތިންދާބޯޓަކަށް މޯލްޑިވިއަންގެ ސީޕްލޭނެއް!

02 Jan 2021 | 15:06

އިންޑިޔާގެ ލަކްޝަދީބުގެ ރަށެއްކަމަށްވާ މަލިކަށް އެންމެ ފުރަތަމަ ދަތުރުކުރި މަތިންދާބޯޓެއްގެ ޝަރަފު މޯލްޑިވިއަންގެ ސީޕްލޭނެއް ހޯދައިފިއެވެ.

މޯލްޑިވިއަންއިން އިއްޔެ ޓްވީޓްކޮށްފައިވާ ގޮތުގައި މަލިކުގައި މި ސީޕްލޭން މަޑުކޮށްލީ އިންޑިއާގެ ސްޕައިސް ޖެޓްގެ ޗާޓާ ދަތުރެއްގައި އަހްމަދުއާބާދަށް ދިއުމުގެ މަގުމަތީގައެވެ. މޯލްޑިވިއަންއިން ބުނީ ދިވެހި ފަޅުވެރިންނާއެކު މިކުރި  ދަތުރަކީ ތާރީޚީ ދަތުރެއްކަމަށެވެ. އަދި މީގެ ކުރިން މަލިކަށް މިނޫން އެއްވެސް އެއަރލައިނެއްގެ ބޯޓެއް ޖެއްސި ކަމަކަށް ތާރީޚުން ނުދައްކާކަމަށް ވަނީ ބުނެފައެވެ.

އިންޑިއާގެ އެއާލައިނެއްކަމަށްވާ ސްޕައިސް ޖެޓުން ވަނީ ސްޓޭޗޫ އޮފް ޔުނިޓީ، ގުޖުރާތުގެ ކެވާޑިޔާގެ ސަރްދާރް ސަރޯވަރް ޑޭމް އަދި ގުޖުރާތުގެ އަމްދަބާދުގެ ސަބްރަމާތީ ރިވަރ ފްރަންޓާއި ދެމެދުގައި ދަތުރުތައް ބާއްވަން ފަށާފައެވެ. 

މި ދަތުުރުތައް ބާއްވަމުން ގެންދަނީ މޯލްޑިވިއަންއިން ޗާޓަރ ކޮށްފައިވާ ސީޕްލޭނެއްގައެވެ.

މަލިކަކީ ދިވެހިރާއްޖެއާ ތާރީޚީގޮތުންނާއި ސަގާފީގޮތުން ގިނަ ގުޅުންތައް އޮތް އިންޑިއާގެ ރަށެކެވެ. އެރަށުގައި މިހާތަނަށް އެއާޕޯޓެއް އެޅިފައި ނުވިނަމަވެސް، މަލިކަށް ސީޕްލޭންގެ ޚިދުމަތް ފެށުމަށް އިންޑިއާގެ ސަރުކާރުން ވިސްނަމުންދާކަމަށް އެގައުމުގެ ނޫހެއްކަމަށްވާ "ޓައިމްސް ނައު ނިއުސް"އިން ވަނީ ރިޕޯޓްކޮށްފައެވެ.

Advertisement

ކޮމެންޓް