ރާއްޖެއިން ބޭރުން އަންނަ ރާއްޖޭގައި ކިޔަވާ ދަރިވަރުން 10 ދުވަހަށް ހޯމް ކަރަންޓީންވާން ޖެހެނީ

01 Jan 2021 | 21:00

ރާއްޖެއިން ބޭރުން އަންނަ ދިވެހިރާއްޖޭގައި ކިޔަވާ ދަރިވަރުން 10 ދުވަހަށް ހޯމް ކަރަންޓީންވާން ޖެހޭގޮތަށް އުސޫލަށް ބަދަލުތަކެއް ގެނެސްފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުއްވި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި 4 ޖަނަވަރީއިން ފެށިގެން ރާއްޖެއިން ބޭރުން އަންނަ މީހުންގެ ތެރެއިން ރާއްޖޭގެ ސުކޫލު/ކޮލެޖް/ޔުނިވަރިސިޓީތަކަށް ކިޔަވަން އަންނަ ދަރިވަރުން 10 ދުވަހުގެ މުއްދަތަށް ގޭގައި ކަރަންޓީންވާން ޖެހޭނެއެވެ.

އަދި އެފަރާތްތައް ހޯމް ކަރަންޓީނުން ދޫކޮށްލެވޭނީ 10 ދުވަހަށްފަހު ޕީ.ސީ،އާރު ނެގަޓިވް ނަތީޖާއަކާއެކުގައިކަމަށް ވަނީ ބުނެފައެވެ.

މިފަދައިން އަންނަ ފަރާތްތަކުންވެސް ރާއްޖެއަށް އާދެވޭނީ 96 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓަކާ އެކުގައެވެ.

ބެލެވޭ ގޮތުގައި މި ފިޔަވަޅު އަޅާފައިވަނީ ބައެއް ފަރާތްތަކުން ރާއްޖެއިން ބޭރުގައި ޗުއްޓީ ހޭދަކުރުމަށްފަހު ރާއްޖެއަށް އަނބުރާ އަންނަމުންދާތީއެވެ. މި ދުވަސްވަރު، ކޮވިޑްގެ އާ ވޭރިއެންޓެއް ދަނީ ދުނިޔޭގެ ބައެއް ގައުމުތަކުން ފެންނަމުންނެވެ.

ފޮޓޯ: މިހާރު

Advertisement

ކޮމެންޓް