Advertisement

ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 50 މީހުން!

11 Jan 2021 | 22:30

ދިވެހިރާއްޖެއިން އިތުރު 50 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗް.ޕީ.އޭއިން ޢާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 50 މީހަކު ވަނީ އަލަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރޭގައި މާލޭ ސަރަހައްދުން ޕޮޒިޓިވްވި 19 މީހަކާއި، ރިސޯޓުތަކުން ޕޮޒިޓިވްވި 28 މީހަކު އަދި މީހުން ދިރިއުޅެމުންދާ ރަށްރަށުން ޕޮޒިޓިވްވި ތިން މީހަކު ހިމެނެއެވެ.

މިއަދު ޕޮޒިޓިވްވި 50 މީހުންގެ ތެރެއިން 20 މީހުން ޕޮސިޓިވް ވެފައިވަނީ ސަން ސިޔާމް އޮޅުވެލި ރިސޯޓުންނެވެ. މިރަށުން ޕޮސިޓިވްވެފައިވާ އެންމެންނަކީ ސްޓާފުންނެވެ.

މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 14،159 އަށް އަރާފައެވެ. މީގެ ތެރެއިން 54 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މިބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 13،365 އަށް އަރާފައެވެ.

Advertisement

ކޮމެންޓް