13 Jan 2021 | 12:53
މުޙިންމު ދާއިރާތަކުން މީހުން ބިނާކުރުމުގެ ޚާއްސަ ސްކޮލާޝިޕްތަކެއް ދޭން ނިންމައިފި

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ އިން ތަޢުލީމީ ދާއިރާއިން ޤަޢުމަށް ބޭނުންވާ މުޙިންމު ދާއިރާތަކުން މީހުން ބިނާކުރުމުގެ ގޮތުން ޚާއްސަ ސްކޮލާޝިޕްތަކަކަށް ފުރުސަތު ހުޅުވާލައިފިއެވެ.

އެ ސްކޮލާޝިޕްތައް އިފްތިތާހްކޮށްދެއްވީ މިއަދު ޔުނިވާސިޓީގައި ބޭއްވުނު ޚާއްސަ ރަސްމީޔާތެއްގައި އެޑިއުކޭޝަން މިނިސްޓަރ އާއިޝަތު ޢަލީ އެވެ.

އެރަސްމިއްޔާތުގައި ިވާހަކަ ދައްކަމުން އާއިޝަތު އަލީ ވިދާޅުވީ، މިއަހަރު ދިނުމަށް ހަމަޖެހިފައިވާ ސްކޮލާޝިޕްތަކަކީ މުދައްރިސްކަމާއި، މަސައްކަތްތެރިކަމުގެ ތެރެއިން ވެލްޑިންއާއި އެއާ ކޮންޑިޝަނިންގެ އިތުރުން މެރިޓައިމް ދާއިރާއެވެ.އަދި މިސްކޮލާޝިޕް ދޭން ނިންމާފައިވަނީ އެޑްވާންސް ސެޓްފިކެޓް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ކަމަށްވެސް އެމްއެންޔޫ އިން ވަނީ ވިދާޅުވެފައެވެ.

އެމްއެންޔޫ އިން ބުނީ ކޯސްތަކަށް ދަރިވަރުން ހޮވުމުގައި، އެކޯހަކަށް ކުރިމަތިލާ ދަރިވަރުންގެ ފެންވަރު ނުވަތަ އެކެޑެމިކް މެރިޓަށް ބަލާނެ ކަމުގައެވެ.އަދި ސްކޮލާޝިޕް ލިބޭ އެއްވެސް ދަރިވަރަކު ކޯސް ފަސްކޮށްފިނަމަ ސްކޮލާޝިޕް ގެއްލޭއިރު ކޯސް ބަދަލުކުރި ކަމުގައި ވިއަސް ސްކޮލާޝިޕް ގެއްލޭނެ ކަމަށެވެ.އެހެންކަމުން ކޯސް ނިމުމުގެ ކުރިން ކިޔެވުން މެދުކަނޑާލައިފި ނަމަ ނުވަތަ ހާޒިރީ 80 އިންސައްތައަށްވުރެ ދަށްވިއަސް ސްކޮލާޝިޕްއަށް ދައްކާ ފައިސާ ދިނުން ހުއްޓާލާނެ ކަމުގައެވެ.

އެމްއެންޔޫގެ ސްކޮލާޝިޕްތަކަށް އޮންލައިންކޮށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ މެންދުރުފަހު 14:00 ނިޔަލަށް ހަމަވާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ
08 Sep 2026
ފިޒިއޮތެރަޕީގެ ދާއިރާ ކުރިއެރުވުމަށް އެމްއެންޔޫ އާއި އެމްޕީއޭ ދެމެދު އެމްއޯޔޫއެއް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި މޯލްޑިވްސް ފިޒިއޮތެރަޕީ އެސޯސިއޭޝަން (އެމްޕީއޭ) އާ ދެމެދު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަހާ ގުޅުވައިގެން، މިއަދުއެވެ.
08 Sep 2026
ޖަމާލުއްދީން ސްކޫލުގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ސެޝަނެއް ބާއްވައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން، ޖަމާލުއްދީން ސްކޫލުގެ ގްރޭޑް 8 ގައި ތަޢުލީމު ޙާޞިލުކުރަމުންދާ ގާތްގަނޑަކަށް 300 އެއްހާ ދަރިވަރުންނަށް ޚާއްޞަކޮށްގެން ކެރިއަރ ގައިޑެންސް ސެޝަނެއް ބާއްވައިފިއެވެ.
08 Sep 2026
ހޫނުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އިހްސާސް ކުރެވޭ ހޫނުމިން އިންތިހާއަށް މަތިވަމުންދާތީ، ހޫނުގެ ސަބަބުން ސިއްޙަތަށް ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.