އިދިކޮޅު ކޯލިޝަންގެ ފަރާތުން ގއ.ދެއްވަދޫއަށް ފޭސް މާސްކު ހަދިޔާކޮށްފި

16 Jan 2021 | 21:02

ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްޓަކައި އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ފަރާތުން ގއ.ދެއްވަދޫ އަށް 4000 ފޭސް މާސްކު ހަދިޔާކޮށްފިއެވެ.

ފޭސް މާސްކުތައް ޙަވާލުކޮށްދެއްވީ އިދިކޮޅު ކޯލިޝަންގެ އޮފީހުގައި އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

ފޭސްމާސްކުތައް ދެއްވަދޫގައި ހުންނަ އެ ކޯލިޝަންގެ ސްޓިއަރިންގ ކޮމިޓީއަށް ޙަވާލުކޮށްދެއްވީ، އިދިކޮޅު ކޯލިޝަންގެ ލީޑަރު، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެވެ.

އިދިކޮޅު ކޯލިޝަންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ދެއްވަދޫ ރައްޔިތުންނަށް ހަދިޔާކުރި 4000 ފޭސްމާސްކް އާއި އެރަށުގެ ފަރާތުން ޙަވާލުވެލެއްވީ، ކޯލިޝަންގެ ސްޓިއަރިންގ ކޮމިޓީގެ ޓްރެޒަރާ ތަޢުޙީދު ސަލީމް ކަމަށެވެ.

Advertisement

ކޮމެންޓް