އަންހެނަކު ގެއްލިފައިވާ ކަމަކަށް ނުބެލެވޭ: ފުލުހުން

19 Jan 2021 | 12:17

ކ.ތުލުސްދޫ ފާތިމަތު އުލްފާ ނަމަކަށް ކިޔާ ޒުވާން އަންހެނަކު ގެއްލިގެން އުޅޭކަމަށް ބުނެ އާއިލާ އިން އެޒުވާނާ ހޯދަން އާއްމުންގެ އެހީއަށް އެދިފައި ވީނަމަވެސް، މިހާތަނަށް ބެލު ބެލުމުން އޭނާ ގެއްލިފައި ނުވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، 21 އަހަރުގެ އަންހެނަކު ގެއްލިފައިވާކަމަށް ރޭ 20:30 ހާއިރު އޭނަގެ އާއިލާއިން އެއިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުން ބެލިބެލުމުން އޭނާ ގެއްލިފައިނުވާ ކަމަށާއި، ޢާއިލާއާމެދު ހުރި ހިތްހަމަނުޖެހުންތަކަކާއި ގުޅިގެން އަމިއްލައަށް ގެއިން ނުކުމެގެން ގޮސްފައިވާކަން އެނގިފައިވާ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވީ މިމައްސަލަ އާއި ގުޅިގެން ފުލުހުން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

Advertisement

ކޮމެންޓް

Advertisement