އެސްޓީއޯއިން ވިއްކާ ބާންޝީލްޑްގެ އުފެއްދުންތައް...
02 Oct 2025 | 08:20
ގޭގައި ގެންގުޅޭ ފަސްޓުއެޑް ކިޓަށް ބާންޝީލްޑް މުހިންމުވަނީ ކީއްވެ؟

އާއްމު ދިރިއުޅުމުގައި ގޭތެރޭ އުޅޭއިރު ކުދިކުދި އަނިޔާވުމަކީ ހަމަ ވަރަށް އާއްމު ކަމެކެވެ. އާއްމުގޮތެއްގައި ގޭތެރޭގައި ލިބޭ ކުދި ކުދި އަނިޔާތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ އިނގިލި ނުވަތަ އަތުގެ ކޮންމެވެސް ތަނެއް ފިހުން ފަދަ ކަންކަމެވެ. މިކަން އާއްމުކޮށް ދިމާވަނީ ހޫނު ތެއްޔެއްގައި އަތްލެވިގެން ނުވަތަ ކޮންމެވެސް ގޮތަކަށް ހޫނު އިސްތިރިއެއްގައި ޖެހުން ކަހަލަ ކަމެއް ވެގެންނެވެ. ކުޑަކުދިން އުޅޭ ގެއެއްނަމަ، މިބާވަތުގެ ހާދިސާތައް އާއްމު ގޮތެއްގައި ދިމާވާ އާއިލާތައް މަދުންނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ފެނެއެވެ.

ގިނަފަހަރަށް އިސްތިރި ހޫނުވެހުއްޓައި އަތްލެވި، ނުވަތަ ހޫނު ތެއްޔެއްގައި އަތްލެވި ނުވަތަ ކޮންމެވެސް ގޮތަކުން ގައިގެ ތަނަކަށް ހޫނު ފެން އެޅިއްޖެނަމަ އެންމެފުރަތަމަ ކުރެވޭ ކަމަކީ އެތަނެއްގައި އައިސްފެން ޖެއްސުމެވެ. ނުވަތަ އޭގެ ފަހުން އެކަމަށް ހައްސަކޮށްފައި ހުންނަ ކޮންމެވެސް ކަހަލަ ބޭހެއް އުނގުޅާލުމެވެ. މިހެން ހުންނަ އުނގުޅާ ބޭސްތައް ބޭނުންކުރުމުން ފިހުނު ތަން ގޯސްވާ ފަހަރުވެސް އާދެއެވެ. އެހެންކަމުން އެފަދަ ވަގުތުތަކުގައި ގޭގައި ގެންގުޅޭ ފަސްޓްއެއިޑްކިޓްގައި މިކަމަށް ހާއްސަ ބޭހެއް ކަހަލަ އެއްޗެއް ހުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ކޮންމެއަކަސް  މިހާރު މިއީ އެހާ ހާސްވާންޖެހޭ ވަރުގެ ކަމެއް ނޫނެވެ. އެސްޓީއޯއިން މިވަނީ މިކަމުގައި ސިއްހީގޮތުން ރަނގަޅު އެކަށޭނެ ހައްލެއް ހޯދައިދީފައެވެ.

މިކަމުގައި ބާންޝީލްޑް މުހިންމުވަނީ ކީއްވެ؟

ބަރންޝީލްޑް އަކީ ހަންގަނޑު ފިހުމުން ދިމަވާ ގެއްލުންތަކަށް ފަރުވާ ކުރުމަށް ގިނަ އަދަދެއްގެ ޕްރޮޑަކްޓްތަކެއް ބަޒާރަށް ނެރެމުންއަންނަ، ދެކުނު އެފްރިކާގެ މަޝްހޫރު ބްރޭންޑެކެވެ. އާއްމު ސިއްހަތާއި ރައްކާތެރިކަމަށް މުހިއްމު ގިނަ ބޭސްތަކެއް ގެންނަ އެސްޓީއޯ ހެލްތްކެއަރ ސޮލިއުޝަންސުން ވަނީ ބާންޝީލްޑްގެ އުފެއްދުންތައްވެސް ތައާރަފްކޮށްފައެވެ.

ބާންޝީލްޑްގެ އުފެއްދުންތައް ތައްޔާރުކޮށްފައިވަނީ އިންސާނާގެ ހަށިގަނޑަށް ގެއްލުންދޭ ކެމިކަލް މާއްދާތައް ނުހިމަނައި، ގުދުރަތީ މާއްދާތައް ހިމަނައިގެންނެވެ. އެގޮތުން ބާންޝީލްޑްގެ އުފެއްދުންތަކުގައި ހިމެނޭ ޓީ ޓްރީ އޮއިލް ފަދަ މާއްދާ ތަކަކީ އޭގެސަބަބުން ފިހިފައިވާ ސަރަހައްދުގައި ޖަރާސީމް އުފެދުމުން ސަލާމަތް ކޮށްދޭ އަދި އަވަހަށް ރަނގަޅުވުމަށް އެހީވެދޭ މާއްދާއެކެވެ. މި ބްރޭނޑުގެ ހުރިހާ އުފެއްދުންތަކެއްގައިވެސް ހައިޑްރޯޖެލް އެކުލެވެއެވެ. ހައިޑްރޯޖެލް އަކީ އެލަރޖިކް ވާ ޒާތުގެ މާއްދާ ތަކާއި ވިހަ މާއްދާތަކުން ރައްކާތެރި، ވޯޓަރ ބޭސްޑް (ގިނަ އަދަދަކަށް ފެން އެކުލެވޭ) ޖަރާސީމް ނައްތާލާ ސިފަތަކެއް އެކުލެވޭ ޖެލްއެކެވެ. މި ސިފަ ތަކުގެ ސަބަބުން ފިހިފައިވާ ސަރަހައްދަށް ވަގުތުން ފިނިކަން ގެނެސްދީ އިތުރަށް ގޯސްވުމުން ރައްކާތެރިކޮށްދެއެވެ.

މީގެ އިތުރުން ހައިޑްރޯޖެލް އަކީ ކުޑަކުދިންގެ ހަނގަނޑުތަކަށްވެސް ބޭނުން ކުރަން ރައްކާތެރި މާއްދާއެއް ކަމުން، ބަރންޝީލްޑް ގެ ޕްރޮޑަކްޓްތަކަކީ ގޭތެރޭގައިވެސް ގެންގުޅެން އެކަށޭނަ ޕްރޮޑަކްޓްތަކެކެވެ. ގޭތެރޭގައި އުޅޭއިރު ކުޑަކުދިން އިސްތިރީގައި އަތްލުމާއި، އެނޫންވެސް އެފަދަ ކަމަކުން ކުއްޖެއްގެ އަތެއް ތަނެއް ފިހުމަކީ ބެލެނިވެރިން ނިހާޔަތަށް ކަންބޮޑުވާ ކަމެކެވެ. ނަމަވެސް ބާންޝީލްޑްގެ އުފެއްދުންތަކުން ވަނީ އެކަމަށްވެސް އެދެވޭފަދަ ހައްލެއް ގެނެސްދީފައެވެ.

އެސްޓީއޯއިން ލިބެންހުރި ބާންޝީލްޑްގެ ބައެއް އުފެއްދުންތައް

ބަރން ބްލޮޓް:  މިއީ ފިހިފައިވާ ސަރަހައްދުތަކުގައި ބޭނުން ކުރެވޭ ހައިޑްރޯޖެލް އެކެވެ. މިއީ ފިހިފައިވާ ތަނަށް ފިނިކަންގެނެސްދޭ އަދި ހަންގަނޑުގެ ފިހުމުގެ ސަބަބުން ޓިޝޫތަކަށް އިތުރަށް ލިބޭ ގެއްލުންތައް ކުޑަކޮށްދޭ އުފެއްދުމެކެވެ.

ހައިޑްރޯޖެލް ސްޕްރޭ ބޮޓަލް:  މި އުފެއްދުމުގައި ހިމެނޭ ހައްސަ ޖެލްއެއްގެ ސަބަބުން ހަމަށް ލިބޭ ގެއްލުން ކުޑަކޮށްދިނުމުގެ އިތުރުން، އަނދާފައިވާ ނުވަތަ އެނދުމުގެ ސަބަބުން ޒަޚަމްވެފައިވާ ސަރަހައްދަށް ފިނިކަން ގެނެސްދެއެވެ.

ލިމްބް/ ނެކް ޑްރެސިންގް: ބަރންޝީލްޑް ސްޓެރައިލް ޓްރޯމާ ހައިޑްރޯޖެލްގައި ތެންމާފައިވާ ބެންޑޭޖް ކޮޅެއް ހިމެނޭ މި އެއްޗަކީ ބޭނުން ކުރަން ފަސޭހަ އަދި ހަމަށް ލިބިފައިވާ ގެއްލުން ކުޑަކޮށްދިނުމަށް އެހީވެދޭ އުފެއްދުމެކެވެ.

ޑިލަކްސް ބަރންޓް ކިޓް އަދި މިނީ ބަރންޓް ކިޓް ބޮކްސް: މި ކިޓް ތަކަކީ ފިހިފައިވާ ސަރަހައްދުތަކުގައި ބޭނުން ކުރަން ހާއްސަ ބާރންޝީލްޑް ގެ ޕްރޮޑަކްޓްތައް އެކުލެވޭ ކިޓެތަކެކެވެ. އެގޮތުން މި ކިޓްގެ ތެރޭގައި ހައިޑްރޯޖެލް ބެންޑޭޖް އަދި ފޯމް ފަދަ، ވަގުތުން ފަރުވާ ދޭން ބޭނުން ކުރެވޭނެ އުފެއްދުންތައް ހިމެނއެވެ.

ބަރންޝީލްޑްގެ އުފެއްދުންތަކަކީ ހޮސްޕިޓަލްތަކުގެ އިމަރޖެންސީ ރޫމް ތަކުން ފެށިގެން ގޭތެރޭގައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގިނަބަޔަކު މިހާރުވެސް ބޭނުންކުރަމުން އަންނަ އުފެއްދުން ތަކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް