ކްރިމިނަލ ކޯޓް
ހަބަރު
17 Dec 2025 | 08:43
”ފޮަޓޯއެއް ނަގާލަން“ ސައުދީ އެމްބަސީ ފުރާޅަށް އެރި ޒުވާނަކު ހައްޔަރުކޮށްފި

ރާއްޖޭގައި ހުންނަ ސައުދީ ޢަރަބިއްޔާގެ އެމްބަސީގެ ފުރާޅަށް އެރި ޒުވާނަކު ހައްޔަރު ކޮށްފިއެވެ.  

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ މާލެ އަށް ނިސްބަތްވާ 19 އަހަރުގެ ފިރިހެނެކެވެ. އޭނާއަށް ކުރެވެނީ ހުއްދަނޫން ތަނަކަށް ވަނުމުގެ ތުހުމަތެވެ.

އެ ޒުވާނާގެ ބަންދު އަމުރުގައިވާގޮތުން، އޭނާ އެ ކުށްކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކިހުށަހަޅާފައިވެއެވެ. އަދި އޭނާ ހައްޔަރު ކޮށްފައިވަނީ އިޖުރާއަތާ އެއްގޮތަށް ކަމަށްވެސް ބުނެފައިވާއިރު މައްސަލަ ބެއްލެވި ގާޒީ ވަނީ، އޭނާގެ ބަންދަށް ފަސްދުވަސް ޖަހާފައެވެ. 

ޒުވާނާ ހައްޔަރުކޮށް ކޯޓަށް ގެންދިޔުމުން، ފުރާޅަށް އެރި އިރު، އެ އެރުނީ ސަޢުދީ ޢަރަބިއަން އެމްބަސީގެ ފުރާޅަށްކަން އޭނާއަށް ނޭނގޭކަމަށް ބުނިކަމަށް ބަންދު އަމުރުގައިވެއެވެ.

އަދި، އެތަނުގައި އެފަދަ ނިޝާނެއް އިންކަމެއް ފާހަގަ ނުކުރެވޭކަމަށާއި އޭނާ އެތަނުގެ ފުރާޅަށް އެރީ އެ ތަނުގައި މީހުން ފޮޓޯ ނަގާފައި ހުންނަ ތަން ފެންނާތީ، ފޮޓޯ ނަގަން ކަމަށް ބުނި ކަމަށްވެސް އަމުރުގައިވެއެވެ.

” ނަމަވެސް، އެތަނަށް އެރުމަށްފަހު، 10 ވަރަކަށް މިނެޓް ތެރޭގައި، އެތަނުން ފައިބާފައިވާނެކަމަށާއި އެތަނަށް އެރުމުން މީހުން ބަލާތީ، ކުރެވުނީ ރަނގަޅު ކަމެއް ނޫންކަމަށް އިޙްސާސް ކުރެވިގެން ފޭބީ ކަމަށް“ އޭނާ ބުނިކަމަށް ބަންދު އަމުރުގައި ފާހަގަކޮށްފައިވެއެވެ. 

އޭނާއަކީ މީގެ ކުރިން ދުވަހަކުވެސް މިފަދަ ތަނަކަށް ގެނެވި މިފަދަ ކަމެއް ކޮށްފައިވާ މީހެއް ނޫންކަން ފާހަގަކޮށް، އެކަމަށް އޭނާ މާފަށްވެސް އެދިފައިވާ ކަމަށް އަމުރުގައި ބުނެފައިވެއެވެ.

ބަންދު އަމުރުގައި ވާގޮތުން އޭނާއަކީ މީގެ ކުރިން ހައްޔަރު ބަންދު ލޮގް އޮތް މީހެއް ނޫނެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.