ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއް... ފޮޓޯ: ވޮއިސް
01 Oct 2025 | 09:50
އެކްސިޑެންޓުތަކުގައި ސައިކަލަށާއި އަނެކާއަށް ލިބޭ ގެއްލުންތަކަށް މިއީ ޙައްލު!

ވެރިރަށް މާލޭގެ ކާރުބާރޫ ބޮޑު މަގުތަކުގައި ސައިކަލު ދުއްވާއިރު ކުއްލިއަކަށް ވެސް ކަމެއް ހިނގައިފާނެއެވެ. މައި މަގުން ކިތަންމަ މަޑުން ދުއްވި ނަމަވެސް، ޖެހިގެން އޮންނަ ގޯޅިން އެ ނުކުންނަ ސައިކަލު ނުވަތަ އުޅަނދުގައި ޖެހުމުން އަނިޔާ ލިބެނީ ތިމާ މީހާއަށާއި ތިމާގެ ސައިކަލަށާއި އަނެކާއަށެވެ. އަދި ހަމަ އޭނާގެއުޅަނދަށް ވެސް މެއެވެ.

ކަން މިހެންވުމުން ހަދާނެ ގޮތް ހުސްވެގެން މުޅި މީހާ ވާނީ މާޔޫސެވެ. ގިނަ ފަހަރު އެހެންއެކަންދިމާވުމުން އަނެކާގެ އަތުގައި ދެ ސައިކަލު ހަދަން ދާނެ ފައިސާއެއް ވެސް ނުހުރެއެވެ. ދެންވީ ސައިކަލު ހެދެންދެން ހިނގާފައި އުޅޭށެވެ. އެއީ މިފަދަ ޙާލަތެއްގައި ނަމަ މުޅި އުމުރު ދުވަހުއެވެ.

މިފަދަ ހިތާމަވެރި އަދި ދިރިއުޅުމަށް ވެސް އުނދަގޫ ކިތަންމެ ޙާލަތަކުން ސަލާމަތްވާނެ ގޮތް މިހާރު އެބައޮތެވެ. އާންމުކޮށް މީހުން ނަގައިއުޅޭ ސަރުކާރުން ލާޒިމުކުރާ "ތާޑް ޕާޓީ ތަކާފުލް" ނުވަތަ ތިންވަނަ ފަރާތެއްގެ މުދާ ނުވަތަ ހަށިގަނޑަށް ލިބޭ ގެއްލުމުގެ އިންޝުއަރެންސް ޕެކޭޖުން މި ޚިދުމަތްތަކެއް ނުލިބޭނެއެވެ. އަމިއްލަ މީހާއަށާއި އަދި އަމިއްލަ އުޅަނދަށް ވެސް ލިބޭ ގެއްލުން ނުވަތަ ހިނގާ އެކްސިޑެންޓެއްގެ ސަބަބުން އަމިއްލަ މީހާ ނިޔާވެއްޖެ ނަމަ، އެކަމުގެ ބަދަލު އެލައިޑުގެ "ކޮމްޕްރެހެންސިވް ތަކާފުލް" އިން ލިބިގެންދާނެވެ. 

މި ތަކާފުލްގެ ދަށުން ތިންވަނަ ފަރާތަކަށް ލިބޭ ޖިސްމާނީ ގެއްލުމާއި މުދަލަށް ލިބޭ ގެއްލުމުގެ އިތުރުން، އަމިއްލަ މީހާއަށް ލިބޭ ގެއްލުމާއި އަމިއްލަ ސައިކަލަށް ލިބޭ ގެއްލުމުގެ ބަދަލު ވެސް ނަގައިދޭނެއެވެ. 

އަދި އަމިއްލަ މީހާގެ ސައިކަލު ވަގަށް ނަގައިފި ޙާލަތެއްގައި ވެސް، ތާޑް ޕާޓީން ނުލިބޭ ގިނަ ޚިދުމަތްތަކެއް ވެސް ކޮމްޕްރެހެންސިވް ތަކާފުލްގެ ދަށުން ލިބޭނެއެވެ. އެގޮތުން ތާޑް ޕާޓީ ތަކާފުލްގެ ދަށުން ހަމައެކަނި ލިބެނީ ތިންވަނަ ފަރާތުގެ އުޅަނދަށް ލިބޭ ގެއްލުމާއި އެމީހާގެ ހަށިގަނޑަށް ލިބޭ ގެއްލުމަށް ވާއިރު، އެ ދެ ޚިދުމަތާއި އެކު އަމިއްލަ މީހާގެ ސައިކަލަށާއި އަމިއްލަ މީހާއަށް ލިބޭ ގެއްލުމުގެ ބަދަލު ވެސް  ކޮމްޕްރެހެންސިވް ތަކާފުލްގެ ދަށުން ނަގައިދޭނެއެވެ.

މި ތަކާފުލްގެ ޚިދުމަތްތައް އެލައިޑްގެ "މައި އެލައިޑް" ޕޯޓަލް މެދުވެރިކޮށް ނުވަތަ 1600 އަށް ގުޅައިގެން ވެސް ހޯދޭނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.