އެމްޑަބްލިއުއެސްސީގެ އާ ލޯގޯ އިފްތިތާހްކޮށްފި

20 Jan 2021 | 11:53

މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) ގެ އާ ލޯގޯ އިފްތިތާހްކޮށްފިއެވެ.

ފެން ކުންފުންޏަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޙަފްލާއެއްގައި އެކުންފުނީގެ އާ ލޯގޯ އިފްތިތާހް ކޮށްދެއްވާފައިވަނީ، އެކުންފުނީގެ ޗެއާމަން އަލްފާޟިލް އަހްމަދު މަޢުސޫމްއާއި، މެނޭޖިންގޑިރެކްޓަރ އަލްފާޟިލް ޙަސަން ޝާޙްއެވެ.

އެމްޑަބްލިއުއެސްސީގެ ލޯގޯ އަކީ ކުރީގެ ލޯގޯ ނަމަވެސް، މިހާރުވަނީ ޒަމާނާއި އެއްގޮތަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މިހާރުގެ ލޯގޯގައި ހުރި ކުލައާއި ލިޔުމަށްވެސް ބަދަލު ގެނެވިފައިވާ ކަން ފާހަކުރެވެއެވެ.

އެމްޑަބްލިއުއެސްސީ އިން ވިދާޅުވީ، ޒަމާނަށް އައި ބަދަލުތަކާއެކު، ލޯގޯ ރީބްރޭންޑް ކޮށްފައިވާއިރު އެކުންފުނީގެ ޚިދުމަތްތައް ފުޅާވެ، ކުރިއަރަޢިގެން ގޮސްފައިވާ މިންވަރު ރަމްޒުކޮށްދިނުމުގެ ގޮތުން އާ ލޯގޯގައިވާ ކުލަތަކާއި، ޓައިޕޯގްރަފީ ޒަމާނީ ކުރެވިފައިވާ ކަމަށެވެ.

ރާއްޖޭގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަށް ފެނާއި ނަރުދަމާގެ ޚިދުމަތ ފޯރުކޮށްދޭ ޔުޓިލިޓީ ކުންފުންޏެއްގެ އިތުރުން މިއަދު ފެން ކުންފުންޏަކީ ރާއްޖޭފެ ނިސްބަތުން ފުލާ ދާއިރާގައި އިންޖިނިއަރިންގ، މެނުފެކްޗަރިން ދާއިރާގައި ފާހަގަކޮށްލެވޭ ކުންފުންޏެކެވެ.

Advertisement

ކޮމެންޓް