ދެއްވަދޫ އިން ޕޮޒިޓިވްވި މީހުންގެ ޢަދަދު 78އަށް

21 Jan 2021 | 19:09

ގއ.ދެއްވަދޫ އިން މިހާތަނަށް 78 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު އިމްޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވިދާޅުވެއްޖެއެވެ.

އެ ސެންޓަރުން ބޭޢްްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން ޑރ.ނަޒްލާ ވިދާޅުވީ، ގއ.ކްލަސްޓާގައި އެންމެ ގިނައިން މީހުން ޕޮޒިޓިވްވެފައިވަނީ ގއ.ދެއްވަދޫ އިން ކަމަށެވެ. އެގޮތުން މިހާތަނަށް އެރަށުން ކޮވިޑް-19 އަށް 78 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށްވެސް ޑރ.ނަޒްލާ ވަނީ ވިދާޅުވެފައެވެ.

ޑރ.ނަޒްލާ ވިދާޅުވީ ދެއްވަދޫ ކްލަސްޓާގައި ގއ.ވިލިނގިލި އާއި، ގއ.ދާންދޫ އިންވެސް ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވާ ކަމަށެވެ.އަދި އެކޭސްތަކާއި ގުޅިގެން ވިލިނގިލި އަދި ދާންދޫވެސް މޮނިޓަރިންގ އަށް ލާފައިވާއިރު، އެންމެ ފަހުން ވިލިނގިލިން ނެތި ސާމްޕަލްތައް ނެގެޓިވްވެފައިވާތީ ގއ.ވިލިނގިލީގެ މޮނިޓަރިންގެ ޙާލަތު މިހާރު އުވާލެވިފައިވާ ކަމަށެވެ.

ދެއްވަދޫ ކްލަސްޓާ އާއި ގުޅިގެން މިހާތަނަށް ހައި ރިސްކު ގެ ގޮތުގައި 100 އަށްވުރެ ގިނަ މީހުން ހިމެނޭ ކަމަށް އެޗްއީއޯސީ އިން ވަނީ ވިދާޅުވެފައެވެ. މިކްލަސްޓާ ގައި މިހާތަނަށް އެރަށުން 78 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.އަދި ދެއްވަދޫ ކޮންޓެކްޓާއި ގުޅޭ އިތުރު ކޭސްތައް އެއަތޮޅުގެ ދެރަށަކުން ވަނީ ފެނިފައެވެ.

Advertisement

ކޮމެންޓް