ޢަލީވަހީދުގެ ޝަރީޢަތުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ސިއްރުކޮށްފި

24 Jan 2021 | 13:31

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް މުވައްޒަފުންނަށް ޖިންސީ ގޯނާކުރިކަމުގެ މައްސަލަތައް ކްރިމިނަލް ކޯޓުން ސިއްރުކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އަލީ ވަހީދުގެ މައްޗަށް ދައުވާ ކުރީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

ކްރިމިނަލް ކޯޓުގެ ތާވަލުގައިވާ ގޮތުން އަލީ ވަހީދުގެ މައްޗަށް ހިންގާ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން މިއަދު މެންދުރުފަހު 1:30 އަށް ތާވަލުކޮށްފައިވެއެވެ. ކްރިމިނަލް ކޯޓުގެ އިދާރާއިން މައުލޫމާތު ދެއްވި ގޮތުގައި އެ އަޑުއެހުންތައް ކުރިއަށްދާނީ ސިއްރު އަޑުއެހުންތަކެއްގެ ގޮތުގައެވެ.

އަލީ ވަޙީދުގެ މައްޗަށް 7 ދަޢުވާއެއް އުފުލާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ، ޖިންސީ އަނިޔާ ކުރުމުގެ ދައުވާއާއި، ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާއާއި، ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާއާއި، ރޭޕް ކުރަން އުޅުމުގެ ދައުވާއާއި، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާއާއި ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ އެވެ.

އަލީ ވަހީދަށް ކުރާ ތުހުމަތުތަކާ ގުޅިގެން އޭނާ ވިދާޅުވީ ފުލުހުން ކުރާ ތުހުމަތުތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށާއި އެ ވާހަކަތައް ފެންމަތިކޮށް އޭނާ މަގާމުން ވަކި ކޮށްފައި ވަނީ ސިޔާސީ ބޭނުމަކަށް ކަމަށެވެ.

Advertisement

ކޮމެންޓް