ގަންނަ ކޮންމެ ދެލީޓަރުގެ ކޯކު ފުޅިއަކާ އެކު ހިލޭ ބިއްލޫރި ތައްޓެއް!

28 Jan 2021 | 16:20

ދިވެހިރާއްޖޭގެ އެކި ސުޕަރމާކެޓްތަކުން ގަންނަ ކޮންމެ ދެލީޓަރުގެ ކޯކޮކޯލާ ޕެޓް ފުޅިއަކާ އެކު ބިއްލޫރި ތައްޓެއް ހިލޭ ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

"ކޯކް އެންޑް މީލްސް"ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮމޯޝަންގެ މަގްސަދަކީ ގޭގައި ތިބެގެން އާއިލާ އަދި ރަހުމަތްތެރިންނާ އެކު ކެއުމަށް އިންސާފުކުރާ ވަގުތުތަކުގެ އުފާވެރިކަން، ކޯކްގެ ރަހަތަކާ އެކު އިތުރުކޮށްދިނުމެވެ.

މި ޕްރޮމޯޝަނާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން ކޮކާކޯލާ މަޮަަލްޑިވްސްގެ ކަންޓްރީ މެނޭޖަރ ޕަންކަޖް ސިންހަ ވިދާޅުވީ ނިއު ނޯމަލްގެ ތެރޭގައި އާއިލާތަކުން ގޭގައި ހޭދަކުރާ ވަގުތު އިތުރުވެފައިވާއިރު، ކެއުމުގެ ވަގުތުގެ އާދަ ކުރިއަށްވުރެ މުހިންމުވެފައިވާ ކަމަށެވެ. މިއާއި އެކު ކަސްޓަމަރުންގެ ދިރިއުޅުމުގައި ކޮންމެ ކެއުމަކާވެސް ގުޅޭ ޚާއްސަ ބުއިމުގެ ބައިވެރިޔާގެ ގޮތުގައި ކޮކާކޯލާއިން އަދާކުރަންޖެހޭ ދައުރު އިތުރުވެގެން ގޮސްފައިވާކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

ކޯކް އެންޑް މީލްސް ޕްރޮމޯޝަންގެ ދަށުން ދިވެހިރާއްޖޭގެ ހޮވާލެވިފައިވާ އެކި ސުޕަރމާކެޓްތަކުން ގަންނަ ކޮންމެ ދެ ލީޓަރުގެ ކޮކާކޯލާ ޕެޓް ފުޅިއަކާ އެކު އެކުންފުނީގެ މަޝްހޫރު ބިއްލޫރި ތައްޓެއް ހިލޭ ލިބިގެންދާނެއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަހަރުގެ މާޗްމަހުގެ 31ވަނަ ދުވަހާއި ހަމައަށެވެ.

ނޯޓް: މިއީ ކޮކާކޯލާ މޯލްޑިވްސްއިން ފޮނުވި ޕްރެސް ރިލީސެއްގެ މައްޗަށް ލިޔެފައިވާ ޚަބަރެކެވެ.

Advertisement

ކޮމެންޓް