ރައީސް ޞާލިހް ކޮވިޑް ވެކްސިން ޖައްސަވައިފި

01 Feb 2021 | 10:09

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ކޮވިޑް ވެކްސިން ޖައްސަވައިފިއެވެ.

ރައީސް ޞާލިހް ވެކްސިން ޖައްސަވާފައިމިވަނީ ކޯވިޑް-19 ގެ ވެކްސިން ޕްރޮގުރާމު ފެއްޓެވުމަށް މިހާރު މާލޭގެ ސޯޝަލް ސެންޓަރުގައި ކުރިއަށްދާ ޚާއްސަ ރަސްމިއްޔާތުގައެވެ.

މިއަދު ރާއްޖޭގައި ޖަހަން ފަށާފައިވާ ވެކްސިނަކީ އިންޑިޔާ ސަރުކާރުން ރާއްޖެ ހަދިޔާކުރެއްވި އޮކްސްފޯޑު ވެކްސިނެކެވެ. އިންޑިޔާގެ ސެރަމް އިންސްޓިޓިއުޓުން ގެނައި މިވެކްސިނަކީ، އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީގެ ސައިންސްވެރިންނާއި ސިންގަޕޫރުގެ އެކްސްޓްރާޒެނަކާއިން ތައްޔާރުކޮށްފައިވާ ވެކްސިނެކެވެ.

ރާއްޖޭގައި މިއަދު ކޮވިޑް19 ވެކްސިން ޖަހަން ފަށާއިރު، އެންމެ ފުރަތަމަ ވެކްސިން ޖައްސަވާފައިވަނީ ޑރ. ޝިރާނީ އަބްދުއްރަހީމްއެވެ. އައިޖީއެމްއެޗްގައި މަސައްކަތް ކުރައްވާ ޑރ. ޝިރާނީ އަކީ އެންމެ ގިނަ ދުވަހު ހުޅުމާލެ ކޮވިޑް ފެސިލިޓީއާ ހަވާލުވެ ހުންނެވި ބޭފުޅާއެވެ.

ރައީސް ޞާލިހްގެ އިތުރުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު، އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާންގެ އިތުރުން ފޮރިން މިނިސްޓަރ ޝާހިދު، ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އަދި ހެލްތު މިނިސްޓަރު އަހްމަދު ނަސީމް، ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ އާއި، އިންޑިއާއިން ރާއްޖެއަށް ކަނދައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު އާއި މުހައްމަދު އުމަރު މަނިކު ވެސް ވެކްސިން ޖައްސަވާނެ އެވެ.

Advertisement

ކޮމެންޓް