Advertisement

ރޭގަނޑު ވަކިގަޑިއެއްގެފަހުން މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފި!

02 Feb 2021 | 17:56

ކޮވިޑް-19 ގެ ތިންވަނަ ރާޅާއެކު ކޮވިޑާއި ދެކޮޅަށް ކުރާ މަސައްކަތް ވަރުގަދަކުރުމުގެ ގޮތުން އިތުރު ހަރުކަށި ފިޔަވަޅުތަކެއް އަޅައި އެކަން ސަރުކާރުން ހާމަކުރައްވައިފިއެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން ހާމަކުރިގޮތުގައި މާދަމާ ރެއިންފެށިގެން ދެހަފްތާގެ މުއްދަތަކަށް ރޭގަނޑު 8:30 އިން 4:30އަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާވާނެއެވެ.

މީގެ އިތުރުން މިހާރު މާލެ ސަރަހައްދުގައި ޢިއުލާންކޮށްފައިވާ ކާފިއު ރޭގަނޑު 11 އިން 4:30އަށް ދެހަފްތާގެ މުއްދަތަށް ކުރިއަށް ގެންދިއުމަށްވެސް ނިންމާފައިވެއެވެ.

ކޮވިޑް އާއި ގުޅިގެން ހަރުކަށިކުރި ފިޔަވަޅުތަކުގެ ތެރޭގައި ސްކޫލްތައް ބަންދުކުރުން ހިމެނިފައިނުވިނަމަވެސް ޕްރީ ސްކޫލްއާއި ނާސަރީ އަދި ޑޭކެއާ ހިދުމަތްދޭތަންތަން ބަންދުކުރުން ހިމެނެއެވެ.

އެޗް.ޕީ.އޭގެ އެންމެ ފަހުން ޢާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 215 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި މާލޭ ސަރަހައްދުން ޕޮޒިޓިވްވި 159 މީހަކާއި، މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 8 މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 27 މީހެއްގެ އިތުރުން ލިވްއަބޯޑްތަކުން ޕޮޒިޓިވްވި އެކަކު ހިމެނެއެވެ.

މިއީ މިދިޔައަހަރުގެ އޮގަސްޓު މަހުގެ ފަހުން އެންމެ ބޮޑަށް އަދަދުތައް އިތުރުވި ފަހަރެެވެ. ރާއްޖެއިން މިހާތަނަށް އެންމެ ގިނައިން ކޮވިޑް ކޭސްތައް ފެނިފައިވަނީ 20 އޮގަސްޓް 2020 ވަނަ ދުވަހު 278 ޕޮޒިޓިވް ކޭސްއެވެ. 

Advertisement

ކޮމެންޓް

Advertisement