ޢާންމުންގެ ތެރެއިން ދެމެމްބަރަކު ޕޮލިސްބޯޑަށް ކުރިމަތިލުމަށް ހުޅުވާލަނީ

08 Feb 2021 | 13:32

ޕޮލިސް ބޯޑަށް އާންމުންގެ ފަރާތުން އައްޔަނު ކުރަންޖެހޭ ދެ މެންބަރުންގެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު މިއަދު ހުޅުވާލާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ މިހާރު ކުރިއަށް ގެންދާ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ފައްޓަވާ ވާހަކަ ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ، ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ 75 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެކުލަވާލެވޭ ޕޮލިސް ބޯޑަށް، އާންމުންގެ ތެރެއިން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަޖިލީހުން ކަނޑައަޅާ ދެ މެންބަރުންނަށް ކުރިމަތިލުމަށް މިއަދު ހުޅުވާލާނެކަމަށެވެ.

އަދި އެ މަގާމަށް ކުރިމަތިލުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ލިޔެކިޔުންތައް ފުރިހަމަ ކުރެއްވުމަށްފަހު 22 ފެބްރުއަރީ 2021 ވާ ހޯމަ ދުވަހު މެންދުރު 12:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށަހަޅައިދެއްވުމަށް ވަނީ އެދިލައްވާފައެވެ.

Advertisement

ކޮމެންޓް