ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް ޢިމާރާތްކުރާނެ ބަޔަކު ހޯދަނީ

08 Feb 2021 | 12:17

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް ހަދާނެ ބަޔަކު ހޯދަން އިއުލާނު ކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ކުރި އިޢުލާނެއްގައި ބުނެފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް ހަދާނެ ބަޔަކު ހޯދަމުންދާ ކަމަށާއި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފު ކުރުމުމަށް އެ މިނިސްޓްރީއަށް ހާޒިރުވެ އަންދާސީ ހިސާބު ހުށައެޅުމަށް އެދޭ ކަމަށެވެ.

މި އިއުލާނާ ގުޅޭ މައުލޫމާތު ކަރުދާސް، ބިޑަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް އީ މެއިލް މެދުވެރިކޮށް ފޮނުވާނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެއިއުލާނުގައި ބުނެފައިވަނީ ޕްރީ ބިޑް މީޓިން މި މަހުގެ 14 ގައި އެ އިސްލާމިކް މިނިސްޓްރީގައި އޮންނާނެ ކަމަށެވެ.

އެހެންކަމުން ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މި މަހުގެ 11 ގެ ކުރިން އެ މިނިސްޓްރީގައި ރަޖިސްޓްރީ ކުރުމަށް ވަނީ އެއިއުލާނުގައި ބުނެފައިވެއެވެ.

Advertisement

ކޮމެންޓް