ރޮނާލްޑޯ އަދި މެސީ ކުރަމުންއައި ރަސްކަން މޮޑްރިޗް ނިމުމަކަށް ގެނެސްފި

04 Dec 2018 | 09:12

ރެއާލް މެޑްރިޑް އަދި ކްރޮއޭޝިއާގެ މިޑްފީލްޑަރ ލޫކާ މޮޑްރިޗް 2018 ވަނަ އަހަރުގެ ބެލޮންޑިއޯ އެވޯޑް ކާމިޔާބު ކޮށްފިއެވެ.

މިއީ 2007 ވަނަ އަހަރުގެ ފަހުން ކްރިސްޓިއާނޯ ރޮނާލްޑޯ އަދި މެސީ ނޫން ކުޅުންތެރިޔަކު މި އެވޯޑް ކާމިޔާބުކުރި ފުރަތަމަ އަހަރެވެ. 2007 ވަނަ އަހަރުގެ ބެލޮންޑިއޯ އެވޯޑް ގެންގޮސްފައިވަނީ އޭރުގެ އޭސީ މިލާން އަދި ބްރިޒްލްގެ ތަރި ކަކާއެވެ.

މިއަހަރުގެ ބެލޮންޑިއޯ އެވޯޑްގައި ކްރިސްޓިއާނޯ ރޮނާލްޑޯ ގޮސްފައިވަނީ ދެވަނައަށެވެ. ތިންވަނަ އަދި ހަތަރުވަނައަށް ފްރާންސްއަށް ނިސްބަތްވާ ގްރިޒްމަން އަދި އެމްބައްޕޭ ދިޔައިރު މެސީ އޮތީ ފަސްވަނައިގައެވެ.

ބެލޮންޑީއޯގެ އިތުރުން މިފަހަރުގެ ފީފާ މޮޅު ކުޅުންތެރިޔާ އަދި ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދާފައިވަނީ މޮޑްރިޗްއެވެ.

އެވޯޑް ހާސިލްކުރުމަށްފަހު މޮޑްރިޗްވަނީ ފާއިތުވެދިޔަ 10 އަހަރު ރޮނާލްޑޯ އަދި މެސީއައި ވާދަކޮށް ބެލޮންޑިއޯ ނުލިބުނު ހުރިހާ ކުޅުންތެރިނަށް އޭނާގެ ބެލޮންޑިއޯ ޑެޑިކޭޓް ކޮށްފައެވެ.

ފާއިތުވި އަހަރުތަކުގެ ތެރޭގައި ޒާވީ، އިނިއެސްޓާ، ސްނައިޑާ ފަދަ ކުޅުންތެރިންނަށް ބެލޮންޑިއޯ ހާސިލް ކުރެވުނީސް ކަމަށައި އޭނާއަށް ލިބުނު ބެލޮންޑިއޯ ހާއްސަކުރާނީ އެ އެވޯޑް ލިބުން ހައްގު ނަމަވެސް ނުލިބުނު ކުޅުންތެރިންނަށް ކަމުގައި މޮޑްރިޗް ބުނެފައިވެއެވެ. 

Advertisement

ކޮމެންޓް