ފްލެޓް ޙައްޤުވިނަމަވެސް އެފަރާތްތަކަށް ފްލެޓް ނުލިބުނީ އެވަރަށް ފްލެޓް ނެތުމުން:ފްލެޓް ކޮމިޓީ

10 Feb 2021 | 22:17

ފްލެޓްތަކުގެ ދާއިމީ ލިސްޓް އިއްޔެ ނެރެފައިވާއިރު، ފްލެޓްތަކުގެ ޙައްޤުވާ ހުރިހާ ފަރާތްތަކަށް ފްލެޓް ނުލިބުނީ އެވަރަށް ފްލެޓް ނެތީމާ ކަމަށް ފްލެޓް ކޮމިޓީގެ ރައީސް ޠާހާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އިއްޔެ  ފްލެޓަތަކުގެ ދާއިމީ ލިސްޓު އިޢުލާންކުރިއިރު، ޝަރުތު ހަމަވެ ފްލެޓް ނުލިބޭ ފަރާތްތައް ހުރިކަން ފާހަގަކޮށްލަން ޖެހެއެވެ.އެކި ކެޓަގަރީތަކުގެ ލިސްޓުގައި ޝަރުތު ހަމަވި ނަމަވެސް ނުލިބޭ 14،107 މީހަކު އެބަތިއްބެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފްލެޓް ކޮމިޓީގެ ރައީސް ޠާހާ މުޙައްމަދު ވިދާޅުވީ، ބޯހިޔާވަހިކަމަށް ބޭނުންވެ ޙާލުގައި ދިރިއުޅޭ ފަރާތްތަކަށް ފްލެޓް ނުލިބޭކަން އެނގިވަޑައިގަންނަވާ ކަމަށެވެ.

އެހެން ނަމަވެސް ފްލެޓް ކޮމިޓީއާއި ޙަވާލުކޮށްފައި އޮތީ ހަމައެކަނި 2018 ގައި އިއުލާންކުރި ޝަރުތުތަކާ އެއްގޮތަށް އޮތްތޯ ބެލުން ކަން ޠާހާ ފާހަގަކުރެއްވިއެވެ.

ޠާހާ ވިދާޅުވީ ފްލެޓް ނުލިބިފައިވާ އެންމެންނަކީ ފްލެޓް ޙައްޤުނުވާ މީހުން ނޫން ކަމަށެވެ.

"ވަރަށް ޙާލުގައި އުޅޭ ފަރާތްތަކަށް ފްލެޓް ނުލިބިފައި އެބަހުރި މި ކްރައިޓީރިއާ ކަނޑައެޅިފައި ހުރިގޮތުން ފްލެޓް ނުލިބި އެވަނީ އެއަދަދަށް ފްލެޓް ނެތީމަ ޠާހާ ވިދާޅުވިއެވެ.

އޭގެ އިތުރަށް ޠާހާ ވިދާޅުވީ، ހިޔާ މަޝްރޫޢުގެ 6720 ފްލެޓަށް 23،000 އަށވުރެ ގިނަ މީހުންފޯމި ހުށަހެޅި ކަމަށާއި، އޭގެ ތެރެއިން ވަކި ކެޓަގަރީތަކަށްވަކި ވަރަކަށް ކަނޑައަޅާފައިވާއިރު ފްލެޓް ލިބޭނީވެސް ކޮންމެވެސް އެއްބަޔަކަށް ކަމަށެވެ.

Advertisement

ކޮމެންޓް