އަހަރުތަކަކަށްފަހު އިދިކޮޅު ހަރަކާތެއް ބޭއްވުމަށް ކާނިވާ ސަރަހައްދު ދޫކޮށްފި

03 Sep 2018 | 19:29

ގިނަ އަހަރުތަކަކަށްފަހު ކާނިވާ ސަރަހައްދުގައި އިދިކޮޅު ކޯލިޝަންގެ ޖަލްސާއެއް ބޭއްވުމަށް ސަރުކާރުން ހުއްދަދީފިއެވެ.

ކާނިވާ ސަރަހައްދުގައި އެމްޑީޕީން ކެމްޕެއިން ޖަލްސާއެއް ބޭއްވުމަށް ސަރުކާރުން ހުއްދަދީފައިމިވަނީ، އިދިކޮޅު އެއްވެސް ޕާޓީއެއްގެ ހަރަކާތެއް ބޭއްވުމަށް ކާނިވާ ސަރަހައްދު ދޫކޮށްފައި ނުވާތާ ގާތްގަނޑަށް 3 އަހަރުފަހުންނެވެ.

ހައުސިންގް މިނިސްޓްރީން އިދިކޮޅު މައި ޕާޓީ އެމްޑީޕީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، މިމަހުގެ އަށެއްވާ ހޮނިހިރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ޖަލްސާ ބާއްވަން އެޕާޓީއަށް ހުއްދަދީފައިވާ ކަމަށެވެ. ޖަލްސާ ބާއްވަން އެޕާޓީއަށް ހުއްދަދީފައިވަނީ އެ ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 12:00 އަށެވެ.

އެމްޑީޕީގެ އެދުމުގެ މަތިން ކާނިވާ ސަރަހައްދުގައި ކެމްޕެއިން ހަރަކާތެއް ހިންގުމަށް އެ ޕާޓީއަށް ހުއްދަދީފައިވާއިރު، މީގެ ކުރިން އެ ސަރަހައްދު ހޯދަން އެމްޑީޕީން އެދުނު ނަމަވެސް، އެ ހުއްދަ ސަރުކާރުން ދީފައެއް ނުވެއެވެ. ދާދި ފަހުން ވެސް އިދިކޮޅު ޖަލްސާއެއް ބޭއްވުމަށް ކާނިވާ ސަރަހައްދު ދިނުމަށް އެމްޑީޕީ އިން އެދުނުނަމަވެސް، ހައުސިން މިނިސްޓްރީ ވަނީ އޭގެ ބަދަލުގައި ދަރުބާރުގެ ދިނުމަށް ނިންމައިފަ އެވެ. ނަމަވެސް ދަރުބާރުގޭގައި ޖަލްސާ ނުބޭއްވީ ވަގުތު ކުޑަތަންވީ ފަހުން އެގޮތަށް އެންގުމުން ކަމަށް އެމްޑީޕީން ބުނެފައިވެއެވެ. 

Advertisement

ކޮމެންޓް