16 Feb 2021 | 15:37
އިދިކޮޅުގެ ކެނޑިޑޭޓުންގެ ނަން ނެގުމަށް އެމްޑީޕީން ރިޝްވަތުދެމުންދާ ކަމަށް މުޙައްމަދު އިސްމާޢީލް ތުހުމަތުކުރައްވައިފި

އިދިކޮޅު ޕްރޮގްރެސިވް-ކޮންގްރެސް ކޯލިޝަންގެ ފަރާތުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ނަން ނެގުމަށް އެމްޑީޕީން ރިޝްވަތުދެމުންދާ ކަމަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލް ތުހުމަތުކުރައްވައިފިއެވެ.

އެބޭފުޅާ މިފަދައިން ވިދާޅުވީ ކައުންސިލް އިންތިޚާބުގައި އެމްޑީޕީން ބޮޑު މެޖޯރިޓީއެއް ހޯދާނެކަމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވުމުން، އެކަމަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގައެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ އެމްޑީޕީ އަބަދުވެސް އޮންނާނީ އިންތިޚާބަށް ތައްޔާރުވެ ކަމަށެވެ. އަދި އެއީ ކެމްޕެއިންތަކާއި އިންތިޚާބުތަކަށް ފަރިތަ ޕާޓީއެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންކަމުން ލޯކަލް ކައުންސިލް އިންތިޚާބު ބޮޑުތަނުން ކާމިޔާބު ކުރެވޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ރައީސް ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އަޅުގަނޑުމެން ކާމިޔާބު ކުރީ ގޮނޑީގެ 75 ޕަސެންޓާއި އެކު. ވަރަށް ބޮޑު ކުރިއެރުމެއް. އަޅުގަނޑަށް މިހާރު ފެންނަ މަންޒަރުން އިރާދަކުރެއްވިއްޔާ 75 ޕަސެންޓަށްވުރެ އިތުރަށް ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަޤީންކަން އެބައޮތް. އަޅުގަނޑަށް ފެންނަ މަންޒަރުގައި އިރާދަކުރެއްވިއްޔާ 80 ޕަސެންޓަށްވުރެ މައްޗަށް ގޮނޑި ކާމިޔާބު ކުރެވޭނެ،" ރައީސް ޞާލިޙް ވިދާޅުވި އެވެ.

މިކަމަށް ރައްދުދެއްވައި ކުރެއްވި ޓްވީޓްގައި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު ވިދާޅުވީ ކައުންސިލް އިންތިޚާބުން ނާކާމިޔާބު ވާނެކަން އެމްޑީޕީން ޔަޤީންވުމުން، ކެނޑިޑޭޓުންނަށް ނަން އަނބުރާ ގެންދަން ފަސްލައްކަ ރުފިޔާގެ ޕެކޭޖް ހުށައަޅަމުންދާ ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ ނަން ނަގައިގެންވެސް މި އިންތިޚާބުގައި ރައްޔިތުން އެމްޑީޕީއަށް 80 އިންސައްތަ ނުދޭނެކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިހެން ވިދާޅުވުމަށްފަހު އެކަން ސާބިތުކުރުމަށް މުޙައްމަދު އިސްމާޢީލް އެއްވެސް ހެއްކެއް ދައްކަވާފައެއް ނުވެއެވެ. މީގެކުރިން އެބޭފުޅާ ވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ގޯނިގޯނީގައި މެންބަރުންނަށް ގެންގޮސްދެއްވިކަމަށް މަޖިލީހުގެ ތަޅުމުގައި ވިދާޅުވެފައެވެ.

ނަަމަވެސް އެ މައްސަލަ ހޫނުވުމުން އެބޭފުޅާ ފަހުން ވަނީ އެއީ ސިޔާސީގޮތުން ދެއްކެވި ވާހަކައެއްކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.
18 Sep 2026
ބަންގްލަދޭޝް އެއާލައިންސްގެ ފްލައިޓެއްގައި ދެ ފަސިންޖަރަކު މާރާމާރީ ހިންގައިފި
މި ހާދިސާ ހިނގާފައިވަނީ ފްލައިޓް ދަތުރުކުރަމުން ދިޔަ ވަގުތު ދެ ފަސިންޖަރެއްގެ ދެމެދުގައި ހިނގި ހޫނު ޒުވާބަކަށް ފަހުގައެވެ. ޑާކާ ޓްރިބިއުނުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޒުވާބު ބޮޑުވެ އެކަކު އަނެކަކަށް ހަމަލާދީ މާރާމާރީއަކަށް ބަދަލުވުމާ ގުޅިގެން، ފްލައިޓުގައި ތިބި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ހިމެނޭހެން ގިނަ ފަސިންޖަރުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދުނެވެ.
18 Sep 2026
އެޗްއައިވީ ފެތުރުން އިތުރުވެ ފީޖީގައި ޤައުމީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފި
ޞިއްޙީ މާހިރުންނާއި ޖަމްޢިއްޔާތަކުން ބުނާ ގޮތުގައި މި ބަލިމަޑުކަން ހަލުވިކަމާއެކު ފެތުރެން މައިގަނޑު ސަބަބަކަށް ވެފައިވަނީ މަސްތުވާތަކެތި ބޭނުންކުރުން އިތުރުވުމާއި، ރައްކާތެރިނޫން ގޮތުގައި ޖިންސީ ގުޅުން ހިންގުމާއި، ސިރިންޖު ބޭނުންކޮށްގެން މަސްތުވާތަކެތި ޙިއްޞާކުރުމުގެ އިތުރުން "ބްލޫޓޫތިންގ" ފަދަ ނުރައްކާތެރި އާދަތަކުގެ ސަބަބުންނެވެ.
18 Sep 2026
ދިފާޢީ ދާއިރާއިން އިނގިރޭސިވިލާތާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރަނީ
ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ބޭއްވި ތިންވަނަ "ސްޓްރެޓީޖިކް ޑައިލޮގް" ގައި، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި، ދިފާޢީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މުހިންމު މަޝްވަރާތަކެއް ކޮށްފިއެވެ.
18 Sep 2026
އިހުގެ މީހުންނަށްވުރެ މިއަދުގެ ބެލެނިވެރިންނަށް ނިދި މަދުވެފަ، ވަރުބަލިވަނީ ކީއްވެ؟
ދަރިއަކު ލިބުމަށްފަހު މައިންބަފައިންގެ ފަރާތުން އެންމެ އާންމުކޮށް އިވޭ އެއް ޝަކުވާއަކީ އިންތިހާއަށް ވަރުބަލިވުމާއި ނިދި ނުލިބުމުގެ ޝަކުވާއެވެ. މިއީ މިއަދުގެ ދިރިއުޅުމުގެ ވައްޓަފާޅީގައި ބެލެނިވެރިކަމާ ވަކިނުކުރެވޭނެ ކަމެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ. އެހެންނަމަވެސް، ތާރީޚީ އަދި ސައިންޓިފިކް ހޯދުންތަކުން ދައްކާ ގޮތުގައި އަޅުގަނޑުމެންގެ ކާބަފައިން މިކަން މި މިންވަރަށް ތަހަންމަލްކޮށްފައެެއް ނުވެއެވެ.