އިދިކޮޅު މެންބަރެއްގެ ޓްވީޓާއެކު އާޒިމާއަށް ސަތޭކައަކަށްވުރެ ގިނަ އިންޒާރު

27 Sep 2018 | 17:10

ރިޔާސީ އިންތިޚާބު ނިމުނު ފަހުން ސަތޭކައަށްވުރެ ގިނަ އިންޒާރު އެކި ފަރާތްތަކުން ދީފައިވާކަމަށް ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރ އަދި މަޝްހޫރު ޤާނޫނީ ވަކީލާ ޢާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އާޒިމާ ފޭސްބުކްގައި ލިޔުއްވާފައިވާގޮތުގައި، ރިޔާސީ އިންތިޚާބު ބާތިލުކުރުމަށް އެކަމަނާ ކޯޓަށް ވަޑައިގެންނެވިކަމަށްބުނެ ބަޔަކު ފެތުރި ދޮގު މައުލޫމާތާ ގުޅިގެން އެކި މީހުން އެކަމަނާއަށް ގުޅައި މަރުގެ އިންޒާރުދީ، ބިރުދައްކަމުންދާކަމަށެވެ. އަދި ސަމާލުވެ ހުންނެވުމަށް އިންޒާރުދީ، އެކަމަނާގެ ކާރުކޮޅުގެ ނަންބަރު ހޯދުމަށް ގުޅައި ބިރުދައްކަމުންދާކަމަށް އާޒިމާ ވިދާޅުވިއެވެ. އަދި ރިޔާސީ އިންތިޚާބު އޮތް ދުވަހުން ފެށިގެން މިއަދާހަމައަށް 100 އަށްވުރެގިނަ ފަހަރު އެކި މީހުން އެކަމަނާއަށް މަރުގެ އިންޒާރު ދީފައިވާކަމަށް އާޒިމާ ވިދާޅުވިއެވެ.  

މިއީ ޑީމޮކްރަސީ ތޯ؟ އާޒިމާ ވަނީ ސުވާލު އުފައްދަވާފައެވެ. އަދި މިކަންކަމަށް ބައިނަލް އަޤުވާމީ މުޖުތަމައުން ތާޢީދު ކުރޭތޯ އާޒިމާ ވަނީ ސުވާލު އުފައްދާފައެވެ.

Advertisement

ކޮމެންޓް