އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގުބޮޑުކޮށްފި

21 Feb 2021 | 10:30

އެސްޓީއޯއިން ވިއްކާ ތެލުގެ އަގަށް މިއަދުން ފެށިގެން ބަދަލު ގެންނަން ނިންމައިފި އެވެ.

އެސްޓީއޯ އިން ބުނީ ޕެޓްރޯލާއި ޑީސެލްގެ މިއަދުން ފެށިގެން އަގުބޮޑުކުރަން ނިންމީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތާ ދުވަސްތަކެއް ވެފައިވުމުން ކަމަށެވެ.

އެސްޓީއޯއިން ބުނީ މިއަދުން ފެށިގެން އެސްޓީއޯ އިން ޕެޓްރޯލް ލީޓަރަކުން 0.37 ލާރި ބޮޑުކޮށްފައިވާކަމަށެވެ. އެހެންކަމުން މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ލިބޭނީ ލީޓަރެއް 8.44 ރުފިޔާއަށެވެ. 

އަދި ޑީސަލް ލީޓަރަކުން 0.48 ލާރި ބޮޑު ކޮށްފައިވާތީވެ ދެން ޑީސަލް ލީޓަރެއް ލިބޭނީ 9.19 ރުފިޔާއަށެވެ. 

މި ބަދަލަށް ޢަމަލުކުރަން ފަށާނީ މިއަދު (21 ފެބްރުއަރީ 2021) އިން ފެށިގެންނެވެ.

Advertisement

ކޮމެންޓް