ބަލި މީހުން ބަލާ ފަރާތްތަކަށްވެސް ވެކްސިން ޖެހުމުގެ ފުރުޞަތު ހުޅުވާލައިފި

22 Feb 2021 | 22:49

ކޮވިޑް-19 އިން ދިފާޢުވުމަށް ކުރިއަށް ގެންދާ ކޮވިޑް ވެކްސިނޭޝަންގެ ޕްރޮގްރާމްގެ ދަށުން ބަލި މީހުން ބަލަހައްޓަމުން ގެންދާ ފަރާތްތަކަށް ވެކްސިން ޖެހުމަށް ފުރުޞަތު ހުޅުވާލައިފިއެވެ.

އެޗްޕީއޭއިން ބުނީ ބަލިމީހުން ބަލަހައްޓަމުންދާ ފަރާތްތަކަށް ސޯޝަލް ސެންޓަރާއި އިސްލާމީ މަރުކަޒު، ހުޅުމާލެ ވެކްސިނޭޝަން ސެންޓަރު އަދި ވިލިމާލޭ ޔޫތް ސެންޓަރުން ހެނދުނު 9:00 އިން 16:30 އަށް ވެކްސިން ޖެހުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ.

އެޗްޕީއޭއިން މިގޮތަށް ނިންމާފައިވާއިރު، ރާއްޖޭގައި މިހާތަނަށް ވެކްސިން ދެމުންގެންދަނީ އުމުރުން ދުވަސްވި މީހުންނަށާއި، ދާއިމީ ބަލިތަކަށް ބޭސްކުރާ ފަރާތްތަކާއި، 18 އަހަރާއި 35 އަހަރާ ދެމެދުގެ ހައިރިސްކު މީހުންނަށެވެ. މިހާތަނަށް އަށްޑިހަ ހާހަށްވުރެ ގިނަ މީހުން ވެކްސިން ޖަހާފައި ވާއިރު މިއަދު އެކަނި ފަސްހާހަށްވުރެ ގިނަ މީހުން ވެކްސިން ޖަހާފައި ވެއެވެ. 

Advertisement

ކޮމެންޓް