Advertisement

1 ކޮޓަރީގެ ފުލެޓުތައް ސަރުކާރުން ބޭނުން ނުވާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ކުންފުނިތަކަށް އެންގި

23 Feb 2021 | 23:34

އެއް ކޮޓަރީގެ ފުލެޓުތައް ޖާގައިގެ ގޮތުން ކުޑަވުމުގެ ސަބަބުން ބޭނުންނުވާ ކަމަށް މިސަރުކާރުން އުފެއްދި ފަހި ދިރިއުޅުން ކޯޕަރޭޝަނުން ކުންފުނިތަކަށް އަންގާ ސިޓީ ފޮނުވާފައިވާކަމަށް ރާއްޖޭގެ އޮންލައިން ނޫހެއްކަމަށްވާ މިހާރު ނޫހުން ރިޕޯޓުކޮށްފިއެވެ.

ބުރާސްފަތި ދުވަހު ހައުސިންގ މިނިސްޓްރީއިން ގެޒެޓުކުރި އިޢުލާނުގައިވާގޮތުން 1 ކޮޓަރީގެ ފުލެޓުތައް ސަރުކާރު ކުންފުނިތަކުގެ ފުލެޓުތަކުން ދޫކުރާގޮތަށް 2018ވަނަ އަހަރު ހަމަޖައްސާފައިވާނަމަވެސް މިހާރު ގަންނަން ލިބުނީ1621 ފުލެޓުގެ ބަދަލުގައި އެންމެ 36 ފުލެޓެވެ. ނަމަވެސް ނުލިބުނީ ކީއްވެކަމެއް ރަސްމީކޮށް އަންގާފައެއް ނުވެއެވެ. ސަރުކާރުގެ އެކި ކުންފުނިތަކުން އަޅާ އެކި ޓަވަރުތަކުގެ ސްޓްރަކްޗަރ ހުޅުމާލެ ފޭސް2ގައި ނިމިފައި އެބަހުއްޓެވެ. އަދި މި ޓަވަރުތަކުގައި 1 ކޮޓަރީގެ ފުލެޓުތައްވެސް އެބަހުއްޓެވެ.

1 ކޮޓަރީގެ ފުލެޓުތަކުގެ ގޮތުގައި 2018 ވަނަ އަހަރު 1621 ފުލެޓު ދިނުމަށް ނިންމާފައިވާއިރު މި ބަދަލާއިއެކު 1،585 ފުލެޓު މަދުވުމާއި ގުޅިގެން 1 ކޮޓަރިއަށް ކުރިމަތިލީ 3 ކެޓަގަރީއެއްގެ ހުރިހާ ފުލެޓެއް ވަނީ ބާޠިލުކޮށްފައެވެ. މީގެ ތެރޭގައި އަލަތު ކައިވެނި ކުރާ ފަރާތްތަކަށް ޚާއްޞަކުރި ކެޓަގަރީއާއި، ޒުވާނުންނަށް ޚާއްޞަކުރި ކެޓަގަރީއާއި ދަފުތަރު ކެޓަގަރީ ހިމެނެއެވެ.

އެހެންނަމަވެސް ފުލެޓު ކޮމިޓީއިންވަނީ މި 3 ކެޓަގަރީގެ ފޯމުތައް އަލުން އިވެލުއޭޓްކޮށް ދިރިއުޅުމުގެ ހާލަތު ބަލަން ގޭގެއަށްވެސް ގޮސްފައެވެ. ފުލެޓު އެވަރަށް ނެތްކަން ކުރީއްސުރެ އެނގޭނަމަ މިއީ ފުލެޓުތަކުގެ މައްސަލަބަލާ ކޮމިޓީއަށް ދައުލަތުގެ ފައިސާ ޚަރަދުކޮށްގެން ކޮށްފައިވާ ބޭކާރު މަސައްކަތެކެވެ. 

Advertisement

ކޮމެންޓް