ވިއްސާރައިގެ ސަބަބުން 160 އަށްވުރެ ގިނަ އާއިލާ އެހީއަށް އެދުނު!

05 Dec 2018 | 22:45

މިއަދު މާލެއަށް ކުރި ވިއްސާރައިގެ ސަބަބުން 160އަށްވުރެ ގިނަ އާއިލާއިން ދައުލަތުގެ އެހީތެރިކަމަށް އެދުނުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކަލާފާނު ސްކޫލްގައި މި ވިއްސާރައާއި ގުޅިގެން ގާއިމްކޮށްފައިވާ ޚާއްސަ ސެންޓަރަށް ޒިޔާރަތްކުރެއްވުމަށްފަހު، މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފެން ބޮޑުވުމާ ގުޅިގެން 160 އާއިލާ އަކަށް އަސަރު ކޮށްފައިވާ ކަމަށް މިހާތަނަށް ވަނީ އެނގިވަޑައިގެންފައިވާ ކަަމަށާއި އޭގެ ތެރެއިން އެއް އާއިލާ ސަރުކާރުން އަންނަނީ ސީދާ ބަލަހައްޓަމުން ކަމަށެވެ.

އަދި ގެއްލުންވި އާއިލާތަކަށް އެހީތެރިވުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މާލޭގައި ފެންބޮޑުވުމުގެ މައްސަލަ މިއަދު ހައްލުކުރަން އެންމެ ބޮޑަށް ދަތިވީ، ފެން ހިއްކުމަށް ބޭނުންކުރާ މެކޭނިކަލް ޕަމްޕުތައް ހަލާުކުވެފައި ހުރުމުން ކަމަށް ސިފައިންގެ ފަރާތުން މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.

 "މެޓުން މައުލޫމާތު ދޭ ގޮތުގައި މިރޭ ގާތްގަނޑަކަށް 10 ޖަހާކަންހާއިރު އަނެއްކާ ވެސް ވާރޭ ވެހެނޭ ކަމަށް އަންދާޒާ ކުރޭ. ހަމަ އެއާ އެކު ދަންވަރު 2-6 އާ ދެމެދުގައި ވެސް ވާރޭ ވެހޭނެ ކަމަށް ފޯކާސްޓުން ދައްކާ. އެހެންވީމާ އެ އަށް ސަމާލުވުމަކީ މުހިންމު ކަމެއް،" ރައީސް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް