ފުވައްމުލަކުގައި ހިނގި އެކްސިޑެންޓެއްގައި ދެމީހަކު ނިޔާވެއްޖެ

27 Feb 2021 | 19:44

ފުވައްމުލަކުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި ދެމީހަކު ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މިއަދު ހަވީރު 16:22 ހާއިރު ފުވައްމުލަކު ފުނާޑު އަވަށުގެ ލެވިޝްގެ ކުރިމަތިން މުހައްމަދު ޖަމާލުއްދީން ނައިބު ތުއްތު މަގުގެ ހުޅަނގު ފަރާތުގައި ހުރި ކިނބިގަހެއްގައި ކާރެއް ޖެހި އެކްސިޑެންޓްވެފައިވާ ކަމަށެވެ.

މި އެކްސިޑެންޓްވި ކާރުގައި ތިބީ ދެމީހުންނެވެ. އޭގެ ތެރެއިން  24 އަހަރުގެ މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ވަނީ ނިޔާވެފައެވެ. އަދި 19 އަހަރުގެ މީހާއަށްވެސް ފަރުވާދެމުންދަނިކޮށް ވަނީ ނިޔާވެފައެވެ.

ފުލުހުން ދަނީ މި ހާދިސާ އިތުރަށް ތަހުގީގުކުރަމުންނެވެ.

Advertisement

ކޮމެންޓް