ޕީޕީއެމް އޮފީސް ހިމެނޭ ސަރަޙައްދު ފުލުހުން ބަންދުކޮށްފި

05 Mar 2021 | 15:27

ޕްރޮގްރެސް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ އޮފީސް ހިމެނޭ ސަރަހައްދު ފުލުހުން ބަންދުކޮށްފި އެވެ.

ބޮޑުތަކުރުފާނު މަގުން ބައެއް ބަންދުކޮށް މިއަދު މެންދުރުން ފެށިގެން ފުލުހުން ދަނީ ބެރިކޭޑް ޖަހައިގެން އެ ސަރަހައްދުގަައި ހަރަކާތްތެރިވަމުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެ ސަރަހައްދު ފުލުހުން ބަންދުކޮށްފައިވަނީ މިއަދު އިދިކޮޅު ކޯލިޝަންގެ އެއްވުމެއް ކުރިއަށް ގެންދަން ނިންމާފައިވާތީ އެ ފުރުސަތު ނުދިނުމަށެވެ.

Advertisement

ކޮމެންޓް