08 Mar 2021 | 22:59
މި އިންތިޚާބަށްފަހު ހުޅުމާލޭގެ މުނިސިޕަލްޓީ ކަންކަމާ މާލޭ ސިޓީ ކައުންސިލުން ހަވާލުވާނެ: އަނަސް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށްފަހު ހުޅުމާލޭގެ މުނިސިޕަލްޓީ ކަންކަމާ މާލޭ ސިޓީ ކައުންސިލުން ހަވާލުވާނެކަމަށް އެމްޑީޕީގެ ފަރާތުން މާލޭ ސިޓީ ކައުންސިލްގެ މޭޔަރުކަމަށް ވާދަކުރައްވާ އަލްއުސްތާޛު އަނަސް ޢަބްދުއްސައްތާރު ވިދާޅުވެއްޖެއެވެ.

އަނަސް މިހެން ވިދާޅުވީ ރާއްޖެޓީވީން ގެނެސްދޭ "ފަށާއިރު" ޕްެރޮގްރާމްގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.

ހުޅުމާލެއަކީ މިހާރު ޤާނޫނީގޮތުން ބަލާނަމަ މާލޭ ސިޓީގެ އަވަށެކެވެ. ނަމަވެސް އެ އަވަށުގެ މުނިސިޕަލްޓީ ކަންކަން އެޗްޑީސީން ބަލަހައްޓަމުންދާތީ އެކަމަކީ ހަމަޖެހޭ ކަމެއް ނޫންގޮތުގައި ގިނަބަޔަކު އަބަދުވެސް ސިފަކުރެއެވެ. ސަބަބަކީ މާލޭ ސިޓީ ކައުންސިލެއް އޮއްވާ ވަކި ކުންފުންޏަކުން އެންމެ އަވަށެއްގެ ކަންކަމާ ހަވާލުވެފައި އޮތުމެވެ.

މިކަމާ ގުޅޭގޮތުން "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަނަސް ވިދާޅުވީ އާ ޤާނޫނު އަސާސީގެ ދަށުން 2019ވަނަ އަހަރު ސީދާ ހުޅުމާލެއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އިންތިޚާބުކުރެވިފައިވާ ކަމަށާއި، އަދި އެޕްރީލް 10ގައި އޮންނަ ކައުންސިލް އިންތިޚާބުގައި މި އިންތިޚާބްކުރަނީ ހުޅުމާލެއަަށް ނިސްބަތްވާ ކައުންސިލަރެއްކަމަށް އެބޭފުޅާ ވިދާޅުވިއެވެ. އެހެންކަމުން ދާއިރާއަކަށް ހަަމަވާންޖެހޭ ހުރިހާ އިންތިޚާބީ ޕަބްލިކް އޮފިޝަލުން ހުޅުމާލެއަށް ހަމަވެގެންދާނެކަމަށް އަނަސް ވިދާޅުވިއެވެ.

އެބޭފުޅާ ވިދާޅުވިގޮތުގައި އެޕްރީލް 10ގެ ފަހުން ހުޅުމާލެއާ ހަވާލުވާނީ މާލޭ ސިޓީ ކައުންސިލުންނެވެ.

"އަަޅުގަނޑުމެން އެކަން އެތާނގެ މުނިސިޕަލްޓީ ޚިދުމަތް ދިނުމަށްވެސް ތިބޭނީ. އަޅުގަނޑުމެން އެތަނުގެ ހުރިހާ ރަށްވެހިކަމުގެ ކަންކަން ބަލަހައްޓަންވެސް ތިބޭނީ"، އަނަސް ވިދާޅުވިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ހުޅުމާލޭގެ ކައުންސިލަރކަމަށް ވާދަކުރައްވަނީ ރިޒްނާ ޒަރީރެވެ. އެކަމަނާއާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީން ވާދަކުރަނީ އިބްރާހީމް ޝުޖާއުއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.
12 Sep 2026
ބޯޓާ ގުޅޭ މައްސަލަ ޖުލައިމަހު ކޮމިޝަނަށް ލިބުނު، އެހީތެރިކަން ވާނީ ދީފައި
އެޗްއާރުސީއެމުން ބުނީ މި މައްސަލައަކީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި އެ ކޮމިޝަނުގެ ސަމާލުކަމަށް އައިސްގެން ބަލަމުން ގެންދާ މައްސަލައެކެވެ
12 Sep 2026
ބްރިޖް ސަރަހައްދަށް އުރުނު ބޯޓުތަކުގެ މައްސަލަ 241 ކޮމިޓީއަށް
ހުށަހެޅުއްވި މައްސަލައިގައި ވަނީ، މި ހާދިސާއާ ގުޅިގެން ކަމާބެހޭ އިދާރާތަކުގެ ވެރިން ކޮމިޓީއަށް ހާޒިރުކޮށް، ކަންހިނގައިދިޔަ ގޮތުގެ ފުރިހަމަ މައުލޫމާތު ސާފުކޮށްދިނުމަށް އެދިވަޑައިގެންފައެވެ
12 Sep 2026
ޝީ ޖިންޕިންގް ހަތް އަހަރަށް ފަހު އިންޑިއާއަށް
ޗައިނާގެ ރައީސް ޝީ ޖިންޕިންގް މިއަދު ނިއު ދެއްލީއަށް ވަޑައިގެން 18 ވަނަ ބްރިކްސް ސަމިޓުގައި ބައިވެރިވެވަޑައިގެންފިއެވެ.
12 Sep 2026
ބްރިޖްގައި ބޯޓު ޖެހުނު ހާދިސާގައި ކަމާބެހޭ އިދާރާތަކުން ޖަވާބުދާރީ ވާންޖެހޭނެ
އެމްޑީޕީން ބުނީ ހާދިސާ ހިނގަން މެދުވެރިވީ ސަލާމަތީ އެއްވެސް ކަމެއް ފުރިހަމަނުވާކަން ކަމާބެހޭ އިދާރާތަކަށް އެނގިތިބެ، އެކަށީގެންވާ ފިޔަވަޅު ނޭޅުމުގެ ސަބަބުން ކަމަށެވެ
12 Sep 2026
މިއަދު ހަވީރާ ހިސާބަށް ރާއްޖޭގެ ބޮޑު ސަރަހައްދަށް ވިއްސާރަކުރާނެ
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ