10 Dec 2018 | 15:53
މަރުގެ ތަޙުގީގުތަށް ބަލާ ރިޔާސީ ކޮމިޝަނަށް އިތުބާރު އެބައޮތް - އުމަރު ނަސީރު

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފައްދާފައިވާ ރިޔާސީ ކޮމިޝަނަކީ ނަޒާހަތްތެރި އެކަމަށް ޤާބިލް ކޮމިޝަނެއްކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

"ވޮއިސް"އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވިގޮތުގައި އެކޮމިޝަންގެ ގިނަ މެންބަރުންނަކީ އޭނާ ދަންނަ ބޭފުޅުންކަމަށާއި އެއީ ފުލުހުންގެ ދާއިރާވެސް ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭފުޅުންކަން އުމަރު ފާހަގަކުރެއްވެވިއެވެ.

މަރާލާފައިވާ މީހުނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ ޗެއާމަން ކުރީގެ ބަންޑާރަނައިބް ހުސްނު ސުއޫދާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވިގޮތުގައި އެބޭފުޅާގެ އިންޓެގްރިޓީއާ ބެހޭގޮތުން ސުވާލު އުފައްދާނެ ޖާގައެއްނެތްކަން ފާހަގަކޮށްފައިވެއެވެ.

"އޭނަ އަކީ ޕޮރޮފެޝަނަލް މީހެއް އޭނާގެ ދާއިރާގައި، ޕްރޮފެޝަނަލް ވިއުއެއްދޭއިރަކު ފެންނަނީ ޕްރޮފެޝަނަލް ވިއުދޭމަންޒަރު. އެހެންވީމަ އިންޓަގިރިޓީއާއި ބެހޭގޮތުން ނެތް ސުވާލެއް" ކުރީގެ ހޯމް މިނިސްޓަރ އުމަރު ވިދާޅުވިއެވެ.

މިފަދަ މައްސަލަ ބެލުމަށް ސަރުކާރުގެ މުއައްސަސާތައް ހެދިފައިވާއިރު މިފަދަ ކޮމިޝަނެއް ހެދުމާ ބެހޭގޮތުން އުމަރު ވިދާޅުވީ މިއީ މައްސަލަތައް ބެލުން އަވަސް ކުރުމަށް ކުރެއްވިކަމެއްކަމަށެވެ.

"އެއީ އަވަސްކުރުން. މިހާރު ރާއްޖޭގެ މުއައްސަސާތަކަކީ ވަރަށް ކޮރަޕްޓް ވެފައިވާ މުއައްސަސާތަކެއް. މާދުރަށް ދާކަށް ނުޖެހޭނެ ސުޕްރީމް ކޯޓުން އިއްޔެ އިއްވި ހުކުމް މިއަދު އެހެން ގޮތަކަށް ޓަސްލާފައި ބަދަލުކުރަމުން އެގެންދަނީ. އެހެންވީމަ އަޅުގަނޑުމެނަށް ވަރަށް ސާފު ރާއްޖޭގެ މުއައްސަސާތަކަކީ ވަރަށް ޕޮލިޓިކަލް އެއްޗެއްކަން. އެހެންވީމަ އެސިސްޓަމްގެ ތެރެއަށް ގެނެސް މި ސްޕެޝަލް ކޭސްތަކެއް ވައްދާފިއްޔާ އޭގެތެރޭގައި ތާށިވުމުގެ ޗާންސް ވަރަށް ބޮޑުވެގެންދާނެ" އުމަރު ނަސީރު ވިދާޅުވިއެވެ.

މިފަދަ ކޮމިޝަންތައް ހަދަންޖެހެނީ މުއައްސަސާތަކައް ތައްޔިތުންކުރާ އިތުބާރު ކުޑަވުމުންކަމަށް އުމަރު ނަސީރުވަނީ ފާހަގަކުރައްވާފައެވެ.

"އުސޫލެއްގެގޮތުން ސިސްޓަމް ބައިޕާސްކުރުމާ އަޅުގަނޑު ދެކޮޅު، ނަމަވެސް ރާއްޖޭގެ ހާލަތައްބަލާއިރު ރާއްޖެއަށް އިތުރު ޗޮއިސްއެއް ނުފެނޭ" އުމަރު ނަސީރު ވިދާޅުވިއެވެ.

އުމަރު ނަސީރު ވިދާޅުވިގޮތުގައި މިކޮމިޝަނުން އަލަށް ފުރޮލޭނެ ގަލެއްނޯންނާނެކަމަށާއި، އާ ކަމެއް ނުހޯދޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ސޯލިހު އުފެއްދެވި މި ކޮމިޝަންއަށް އިދިކޮޅު ޕީޕީއެމްއިން އަންނަނީ ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް ކިޔަމުންނެވެ. އަދި މިއީ ސިޔާސީ ބޭނުމަށް ސިޔާސީ ފަރާތްތައް ޖަަލައްލުމަށް އުފައްދާފައިވާ ކޮމިޝަންތަކެއްކަމަށް ޕީޕީއެމްއިން ތުހުމަތު ކުރައްވައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Jun 2026
މާލެ އޭރިއާގެ 84 ފުލުހަކަށް ޝަރަފުގެ ނިޝާން
މި ރަސްމިއްޔާތުގައި، މާލެ އޭރިއާގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން 84 ފުލުހަކަށް ޝަރަފުގެ ނިޝާން ލިބިފައިވެ އެވެ.
25 Jun 2026
ޖަޕާނުން ރާއްޖެއަށް ފޭޝަލް ރިކޮގްނިޝަން ސިސްޓަމެއް ހަދިޔާކޮށްފި
މިއީ ދިވެހިރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ޒަމާނީ ކުރުމަށްޓަކައި ހަދިޔާ ކުރި ސިސްޓަމެކެވެ.
25 Jun 2026
އެމްއެންޔޫގެ ޢަރަބި ބަހުގެ ކްރޭޝް ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު
އެމްއެންޔޫއިން ބުނީ މި ކޯހަކީ ޢަރަބި ބަހުގެ އަސާސްތައް ދަސްކޮށްދިނުމަށާއި، އެ ޔުނިވަރސިޓީން ކުރިއަށްގެންދާ ޢަރަބި ބަހުގެ އެކި ޕްރޮގްރާމްތަކަށް ވަނުމަށް ބޭނުންވާ ފަރާތްތަކަށް މަގުފަހިކޮށްދިނުމުގެ މަޤްޞަދުގައި ބާއްވާ ކޯހެއް ކަމަށެވެ.
25 Jun 2026
ޓޫރިޒަމް އޯފް ސީޒަނުގައި ބޭންކްތަކަށް އެމްއެމްއޭއިން ވިއްކާ ޑޮލަރު އިތުރުކުރަން ނިންމައިފި
ބޭންކުތަކަށް ބޭރު ފައިސާ އިތުރަށް ދޫކުރުމަށް ނިންމީ، ފަތުރުވެރިކަމުން ލިބޭ ބޭރު ފައިސާގެ މިންވަރު ދަށްވާ ދުވަސްވަރެއްގައި، ރާއްޖޭން ބޭރަށް ފޮނުވަންޖެހޭ ފައިސާގެ ޑިމާންޑް އެއްވަރެއްގައި ހުރުމުން ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކަމަށް އެމްއެމްއޭއިން ބުންޏެވެ
25 Jun 2026
ދިރާގު އެލީޓް ކްލަބްގެ ޕަރޓްނަރަކަށް އީޒެޕް
މިޕަރޓްނަރޝިޕްގެ ދަށުން، ދިރާގުގެ އެލީޓް ކްލަބްގެ މެންބަރުންނަށް އީޒެޕްމެދުވެރިކޮށް %5 އިން %15 އާ ހަމައަށް ހާއްސަ ޑިސްކައުންޓްތައް ލިބިގެންދާނެއެވެ.
25 Jun 2026
އުސްގެކޮޅުގެ ފާރުތަކުގައި ގްރެފިޓީ ކުރަހައި ގެއްލުންދެނީ
މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، 100 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މި ތާރީޚީ ބިނާއަށް ބަޔަކު ގަސްދުގައި ގެއްލުންދެމުންދާކަން މިހާރު ވަނީ އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައެވެ.
25 Jun 2026
ޤަތަރަށާއި ޔޫއޭއީއަށް ސަފީރުން އައްޔަނު ކުރައްވައިފި
އެގޮތުން ރައީސުލްޖުމްހޫރިއްޔާ، ސްޓޭޓް އޮފް ޤަތަރަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް، ޢައްޔަން ކުރެއްވީ، ކުރީގެ ސިޓީތަކާބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރެވެ.
25 Jun 2026
ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ދެ މީހަކު ހައްޔަރުކޮށްފި
އެ މީހުން ހައްޔަރުކޮށް، މާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކުރިއިރު ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.