13 Mar 2021 | 18:03
ސިޔާސީ ޕާޓީތަކުން ދައުލަތަށް ލިބުނު ގެއްލުން ބޮޑު: އުމަރު

ދިވެހިރާއްޖޭގައި ސިޔާސީ ޕާޓިތަކުން ކުރި ވެރިކަމުން ރައްޔިތުންނަށް ލިބުނު ފައިދާއަށްވުރެ ދައުލަތަށް ލިބުނު ގެއްލުން ބޮޑު ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

"ޖަޒީރާ ނިއުސް"ގެ ވަންޓު ވަން ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ދިވެހި ނެޝަނަލް އެކްޝަން( ޑީއެންއޭ) ހަރަކާތުގައި އިސްކޮށް އުޅުއްވާ އުމަރު ވިދާޅުވީ ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދުނުފަހުން 16 އަހަރުވެފައިވާއިރު، އެމާޒީއަށް ބަލާއިރު ރައްޔިތުން އެންމެ ޙައްލު ބޭނުންވާ މައްސަލަަތަކަށް ޙައްލު ލިބިފައިނުވާ ކަމަށެވެ.

ރާއްޖޭގައި އޮންނަ މައި ދެޕާޓީކަމަށްވާ ޕީޕީއެމް އާއި އެމްޑީޕީންވެސް ވެރިކަން ހޯދުމަށްޓަކައި ރަނގަޅުވާހަކަތަކެއް ދެއްކިނަމަވެސް ކޮރަޕްޝަނާއި، މަސްތުވާތަކެތީގެ މައްސަަަލަތައްވެސް ޙައްލު ކުރެވިފައިނުވާ ކަމަށް އުމަރު ވިދާޅުވިއެވެ.

"ދެޕާޓީންވެސް ހަމަ ވަރަށް ރަނގަޅު ވާހަކަ ދައްކާ، ކޮންމެ ކެމްޕެއިނެއްގައިވެސް. ވަަރަށް ރީތި ސްލޯގަންތައްވެސް ބޭނުންކުރޭ. އެކަމަކު ވެރިކަމަށް އައުމަށްފަހު، ޢަމަލު ކުރަނީ ދާދި އެއްގޮތަކަށް" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ އޭނާއާއި ސިޔާސީ އެހެން ބައެއް ބޭފުޅުން ގުޅިވަޑައިގެން އުފެއްދެވި ޑީއެންއޭއަކީ ހަމައެކަނި އޭނާގެ ފިކުރެއް ނޫން ކަމަށާއި، އެއީ ވަރަށް ފުޅާ ފިިކުރެއް ކަމަށެވެ. އަދި އެ ފިކުރަކީ ޤައުމު "ޓްރާންސްފޯމް" ކުރާނެ ފިކުރެއް ކަމަށްވެސް ވިދާޅުވިއެވެ. ޑީއެންއޭގައި މަސައްކަތް ކުރަނީ "ކްލީން" ބޭފުޅުން ކަމަށާއި، ހުޅަނގުގެ ލިބަރަލް ވިސްނުމަށް ތާއިދު ކުރާ ފަރާތްތަކަށް ޑީއެންއޭއިން ޖާގައެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Jun 2026
ކަންކަންމަތީ ޕާާކުނުކުރެވޭ ގޮތް ހަދާ, ހަނިމަގުތަކުގެ ޕާކިންއަށް ބަދަލެއް ގެންނަނީ
ރައީސް ވިދާޅުވީ މަގުތަކަކީ ފަސޭހަ ތަންތަނަށް ހެދުމަށް ޕާކިން ޒޯންތައް އިތުރުކޮށް ޕާކުކުރެވޭނެ ހަރުދަނާ އުސޫލެއް އޮތުން މުހިންމު ކަމަށެވެ.
26 Jun 2026
ނާޖައިޒުކޮށް އެއްވެސް މީހަކަށް ފްލެޓެއް ނުދޭނަން، އެކަމުގެ ޔަގީންކަން ދެން: ރައީސް
"އިރާދަކުރެއްވިއްޔާ މި ސަރުކާރުން ދޭ އެއްވެސް ފްލެޓެއް އަދި އެއްވެސް ގޯޗެއް ނުދޭނަން އެފަދަ އެއްވެސް ނާޖައިޒު ކަމެއް ހިމެނޭ ގޮތަކަށް. އެކަމުގެ ފުރިހަމަ ޔަޤީންކަން ހުރިހާ ރައްޔިތުންނަށް ދެން," ރައީސް ވިދާޅުވި އެވެ.
25 Jun 2026
ށ.ފުނަދޫ އިސްރަށްވެހިންގެ ހިޔާވަހި މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
މި މަޝްރޫޢުގެ ދަށުން ގާއިމުކުރާ މި މަރުކަޒަކީ ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ފަރާތްތަކަށް ބޭނުންވާ ޞިއްޙީ ފަރުވާއާއި އިޖުތިމާޢީ ޕްރޮގްރާމްތައް ހިންގޭނެ އިންތިޒާމުތަކުގެ އިތުރުން، މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކަކާއެކު 60 މީހުންގެ ޖާގައިގެ މަރުކަޒެކެވެ.
25 Jun 2026
"ލޭ އެޕް"އިން އިސްނަގައިގެން ނެރޭ ލަވަ މާދަން ރިލީސް ކުރަނީ
މި ލަވަ ނެރުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު، ޓީވީއެއްގެ ”ހޭޔަންބޯ“ ޕްރޮގްރާމްގެ ތެރެއިންނެވެ.
25 Jun 2026
މާލެ އޭރިއާގެ 84 ފުލުހަކަށް ޝަރަފުގެ ނިޝާން
މި ރަސްމިއްޔާތުގައި، މާލެ އޭރިއާގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން 84 ފުލުހަކަށް ޝަރަފުގެ ނިޝާން ލިބިފައިވެ އެވެ.
25 Jun 2026
ޖަޕާނުން ރާއްޖެއަށް ފޭޝަލް ރިކޮގްނިޝަން ސިސްޓަމެއް ހަދިޔާކޮށްފި
މިއީ ދިވެހިރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ޒަމާނީ ކުރުމަށްޓަކައި ހަދިޔާ ކުރި ސިސްޓަމެކެވެ.
25 Jun 2026
އެމްއެންޔޫގެ ޢަރަބި ބަހުގެ ކްރޭޝް ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު
އެމްއެންޔޫއިން ބުނީ މި ކޯހަކީ ޢަރަބި ބަހުގެ އަސާސްތައް ދަސްކޮށްދިނުމަށާއި، އެ ޔުނިވަރސިޓީން ކުރިއަށްގެންދާ ޢަރަބި ބަހުގެ އެކި ޕްރޮގްރާމްތަކަށް ވަނުމަށް ބޭނުންވާ ފަރާތްތަކަށް މަގުފަހިކޮށްދިނުމުގެ މަޤްޞަދުގައި ބާއްވާ ކޯހެއް ކަމަށެވެ.
25 Jun 2026
ޓޫރިޒަމް އޯފް ސީޒަނުގައި ބޭންކްތަކަށް އެމްއެމްއޭއިން ވިއްކާ ޑޮލަރު އިތުރުކުރަން ނިންމައިފި
ބޭންކުތަކަށް ބޭރު ފައިސާ އިތުރަށް ދޫކުރުމަށް ނިންމީ، ފަތުރުވެރިކަމުން ލިބޭ ބޭރު ފައިސާގެ މިންވަރު ދަށްވާ ދުވަސްވަރެއްގައި، ރާއްޖޭން ބޭރަށް ފޮނުވަންޖެހޭ ފައިސާގެ ޑިމާންޑް އެއްވަރެއްގައި ހުރުމުން ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކަމަށް އެމްއެމްއޭއިން ބުންޏެވެ