މިރޭގެ ޕްރަގްރާމްގައި ރައީސް ވާހަކަފުޅު ދައްކަވަނީ
ހަބަރު
26 Jun 2026 | 01:19
ކަންކަންމަތީ ޕާާކުނުކުރެވޭ ގޮތް ހަދާ, ހަނިމަގުތަކުގެ ޕާކިންއަށް ބަދަލެއް ގެންނަނީ

ކަންކަންމަތީ ޕާާކުނުކުރެވޭ ގޮތް ހަދާ ހަނިމަގުތަކުގައި ޕާކުކުރެވޭ ގޮތަށް ބަދަލެއް ގެންނަން މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

"ނޭޝަން ޗެޓް"ގެ 2 ވަނަ އެޕިސޯޑްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މާލެ ސިޓީގައި ޕާކިން މައްސަލައަށް ހައްލެއް ހޯދުމަކީ ވަަރަށް އިސްކަން ދެއްވާ ކަމެއް ކަމަށެވެ. އެ މައްސަލަ ހައްލުވެ މާލެ އަކީ ފަސޭހަ ތަނަކަށް ހެދުމަކީ ކުރައްވާ ވަރަށް އުންމީދެއް ކަމުގައި ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މަގުތަކަކީ ފަސޭހަ ތަންތަނަށް ހެދުމަށް ޕާކިން ޒޯންތައް އިތުރުކޮށް ޕާކުކުރެވޭނެ ހަރުދަނާ އުސޫލެއް އޮތުން މުހިންމު ކަމަށެވެ. އެކަމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ވިދާޅުވި އެވެ.

އެގޮތުން ކަންމަތިތަކުގައި ޕާކުނުކުރެވޭ ގޮތަށް ރޮނގު ދަމާ އެގޮތަށް ޕާކުރުން ހުއްޓުވަން ޖެހޭ ކަމުގައި ވިދާޅުވި އެވެ. އަދި ހަނިމަގުތަކުގައި ޕާކިން ކުރާ ގޮތް ބަދަލު ކުރަން ޖެހޭ ކަމުގައި ވިދާޅުވި އެވެ. މި މަސައްކަތް ކުރަން ޖެހެނީ ސިޓީ ކައުންސިލުން ކަމަށާ ނަމަވެސް ކައުންސިލްގެ ކަންކަން ހުރި ގޮތުން އެއްބާރުލުން ލިބޭނެހެން ހީފުޅުނުވާ ކަމުގައި ވިދާޅުވި އެވެ. ނަމަވެސް ކައުންސިލާއެކު މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ފައިސާ ދައްކައިގެން ޕާކުކުރެވޭނެ ފަދަ ތަންތަން ހެދުން ފަދަ ކަންކަން ކުރައްވަން މަސައްކަތް ކުރައްވާ ކަމުގައި ވިދާޅުވި އެވެ.

"މުޅި މައްސަލައަށް ހައްލެއް ގެނައުމުގެ މަސައްކަތް އެބަކުރެވޭ," ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިކަންކަން ހައްލުކުރުމުގައި އެންމެ މުހިންމީ ފަރުދީ ޒިންމާ އަދާކުރުން ކަމަށެވެ.

ކޮމެންޓް
ވޯލް
ތިމާ ބޭނުންވާ ކަމެއް ވެއްޖެޔާ ފަންޑިޔާރުން ވަކިކޮށްގެންވެސް ކުރެވޭ. ކައުންސިލުން ނުކުރިއަސް، ފުލުހުންނށް މަގުތައް ބަލަހެއްޓުމުގަިއ ޤާނޫނީ ހުރަހެއްނެތް.
29 Jun 2026
ގުޅޭ ލިޔުންތައް
23 Sep 2026
އުމުރުން ދުވަސްވީ މީހުން ސްކޭމްތަކުން ރައްކާތެރިކުރުމަށް ސެޝަނެއް ބާއްވައިފި
އުރީދޫ މޯލްޑިވްސްއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މާލެ އަދި ހުޅުމާލޭގެ އިސްރަށްވެހިންގެ ނާދީގައި ދޮށީ ޢުމުރުގެ މީހުންނަށް ޑިޖިޓަލް ރައްކާތެރިކަމާއި ސްކޭމްތައް ދެނެގަތުމާ ގުޅޭ ސެޝަނެއް ބާއްވައިފިއެވެ.
23 Sep 2026
ހުޅުމާލޭގައި ސައިކައިއެޓްރީ ހޮސްޕިޓަލެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަނީ
ހުޅުމާލޭގައި 50 އެނދުގެ ސައިކައިއެޓްރީ (ނަފްސާނީ ބަލިތަކަށް ޚާއްޞަ) ހޮސްޕިޓަލެއް އިމާރާތްކޮށް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ.
23 Sep 2026
ވެސްޓްޕާކްގެ ބަދަލުގައި ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރިއަށް
މާލޭގެ ހަވީރީ ހިނގުމުގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާތީ އެ މަގު ބަންދުކުރުމާ ގުޅިގެން، ވެސްޓްޕާކް ސަރަޙައްދުގެ ބަދަލުގައި ދެން ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރީގައިވާ ބަސް ސްޓޮޕަށް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
23 Sep 2026
ވ. ފުލިދޫގައި ކުރިއަށްދިޔަ މޫދު ކުލާހެއްގެ ތެރެއިން ހާލުދެރަވި އަންހެނަކު ނިޔާވެއްޖެ
ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު 16:30 އެހައިކަންހާއިރު ކަމަށެވެ. އެއީ ފުލިދޫ ޕޮލިހާއި ވ. އަތޮޅު މަދަރުސާ ގުޅިގެން، އެ މަދަރުސާގެ ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މޫދު ކުލާހެއްގެ ތެރޭގައެވެ.
23 Sep 2026
ޑރ.މުއްޠަލިބު ކިޔައިދެއްވީ ޕްރޮޖެކްޓުން ލިބޭނެ ފައިދާތައް
ރަސްމާލޭގައި "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" ތަރައްޤީ ކުރުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެވުނު އެއްބަސްވުމާ ގުޅިގެން އާންމުންނާއި ސިޔާސީ ފަރާތްތަކުން އުފައްދަމުންދާ ސުވާލުތަކާއި ފާޑުކިޔުންތަކަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު ތަފްޞީލީ ޖަވާބެއް ދެއްވައިފިއެވެ.
23 Sep 2026
ހިރިލަންދޫގައި 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރަނީ
މި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ "ޕްރައިވެޓް ސެކްޓާ އިނީޝިއޭޓިވް މޮޑެލް" ގެ ދަށުންނެވެ.
23 Sep 2026
ޗާގޯސް ޑީލް ރަނގަޅެއް ނޫން: ޓްރަމްޕް
ޗާގޯސް އައިލެންޑްސް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ވެފައިވާ އެއްބަސްވުމަށް ޓްރަމްޕް އަނެއްކާވެސް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.
23 Sep 2026
އިލްމުވެރީންގެ ވީޑިއޯ ޑޮކިއުމަންޓްރީތަކެއް ހެދުމުގެ މަސައްކަތް މަންފާއިން ފަށައިފި
މި މަސައްކަތް ފެށުމުގެ ގޮތުން ފުރަތަމަ އިލްމުވެރިއެއްގެ ގޮތުގައި "މަންފާ" އިން އިހްތިޔާރުކޮށްފައިވަނީ ދައުވަތުގެ މައިދާނުގައި އެންމެ ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަަވާ އައްޝައިޚް މުޙައްމަދު އިބްރާހިމް އެވެ.