އއ.ރަސްދޫގެ އާ ޒަމާނީ އިންޖީނުގޭގެ މަސައްކަތް ސްޓެލްކޯއިން ފަށައިފި

18 Mar 2021 | 20:16

އއ.ރަސްދޫގެ އިންޖީނުގޭގެ ކެޕޭސިޓީ އިތުރުކޮށް، އެރަށުގެ އިންޖީނުގޭގެ އާ އިމާރާތެއް އެޅުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފިއެވެ.

ސްޓެލްކޯއިން ބުނިގޮތުގައި މިވަގުތު ރަސްދޫގައި 754 ކިލޯވޮޓްގެ އިންޖީނުގެއެއް މިކުންފުނިން ހިންގަމުން އަންނަ އިރު، އެ އިންޖީނުގެއަކީ ކުރިޔަށް އޮތްތަނުގައި ރަސްދޫއަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދެވޭ ވަރަށްވުރެ ޖާގައިގެ ގޮތުން ކުޑަ ތަނަކަށްވާތީ، މުސްތަގުބަލުގައި ރަށަށް އަންނާނެ ކުރިއެރުމާއި، ތަރައްގީއަށް އަދި ދުރު މުސްތަގުބަލަށް ވިސްނާ، 5 މެގަވޮޓްގެ އާއިންޖީނުގެއެއް އެޅުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ.

މި އިންޖީނުގެ އިމާރާތް ކުރެވޭނީ ހިދުމަތައް ބުރޫ ނާރާގޮތަށް މިހާރުގެ އިންޖީނުގެ ހުރިތަނުގައެވެ. ރަސްދޫގައި އަލަށް އިމާރާތް ކުރާ އިންޖީނުގެ އަކީ ޒަމާނުއްސުރެ އިންޖީނުގެތަކާއި މެދު ދެކެމުން އައި ގޮތް ބަދަލުކޮއްލާ، ރަށުގެ ރީތި ނަލަ ލޭންޑް މާކަކަށް ވެގެންދާނެ. އަދި ވެންޓިލޭޝަން ރަނގަޅު، އުސްކޮށް އިމާރާތް ކުރެވޭ ޒަމާނީ ފެންވަރުގެ ތަނަކަށްވެގެންދާނެކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.

މީގެ އިތުރުން މި އައު އިންޖީނުގެ ވެގެންދާނީ، އަޑު މަޑު، ތިމާވެއްޓާއި ރައްޓެހި ތަނަކަށްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އިންޖީނުގެއަށް ބޭނުންވާ ކަރަންޓު އުފައްދައިދޭނީ އިންޖީނުގޭގައި ހަރުކުރާ ސޯލާ ޕެނަލްތަކުންކަމަށް ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް