ރީފްސައިޑް "މަރުޙަބާ ރަމަޟާން 2021" ޕްރޮމޯޝަން: އައިވާ ބްރޭންޑްގެ އޭސީތައް ހެޔޮއަގުތަކެއްގައި!

21 Mar 2021 | 15:12

ދިވެހިރާއްޖެއަށް ފުޅާ ދާއިރާއެއްގައި ތަފާތު ބްރޭންޑްތަކުގެ އިލެކްޓްރޯނިކް ސާމާނުތައް އެތެރެކޮށް ވިއްކާ ރީފްސައިޑް ކުންފުނީގެ ރީފްސައިޑް އިލެކްޓްރޯނިކްސްއިން ކުރިއަށް އޮތް ރޯދަމަހާއި ދިމާކޮށް ޖަޕާނުގެ މަޝްހޫރު އައިވާ ބްރޭންޑްގެ އެއަރ ކޮންޑިޝަނަރުތައް ހެޔޮއަގެއްގައި ވިއްކަން ފަށައިފިއެވެ.

އެގޮތުން ރީފްސައިޑްގެ "މަރުޙަބާ ރަމަޟާން 2021" ޕްރޮމޯޝަންގެ ދަށުން އައިވާގެ އޭސީތައް ގަންނަ ކޮންމެ ފަރާތަކަށް ހަދިޔާއެއް ލިބިގެންދާނެއެވެ. އަދި ކޮންމެ ދުވަހެއްގެ ހަވީރު ހަތަރަކުން ފެށިގެން ރޭގަނޑު ދިހައެއް ޖެހުމާއި ހަމައަށް ގަންނަ ކޮންމެ އޭސީތައް މާލޭ ސަރަޙައްދުގައި ހިލޭ ހަރުކޮށްދިނުމުގެ ޚިދުމަތް ލިބިގެންދާނެއެވެ.

އައިވާ އޭސީގެ ކޮމްޕްރެސަރަކަށް ތިން އަހަރުގެ ވޮރެންޓީ ލިބޭއިރު، ޔުނިޓަށް އެއް އަހަރު ދުވަހުގެ ވޮރަންޓީއެއް ލިބިގެންދާނެއެވެ. މި އޭސީތަކަކީ ޒަމާނީގޮތަކަށް ފަރުމާކުރެވި، 70 އިންސައްތަ އެނާޖީ ސޭވިންގ އަދި އާރު32 އިންވާރޓަރ ހިމެނޭ އެއްޗެކެވެ.

މަރުޙަބާ ރަމަޟާން 2021ގެ ޕްރޮމޯޝަންގެ ދަށުން 9000 ބީޓީޔޫގެ އޭސީއެއް ލިބެނީ 4900 ރުފިޔާއަށެވެ.ޱ12000 ބީޓީޔޫގެ އޭސީއެއް 6100 ރުފިޔާއަށް ލިބޭއިރު، 18000 ބީޓީޔޫގެ އޭސީއެއް ލިބެނީ 7450 އަށެވެ.

މި އޭސީތައް ގަތުމަށް ރީފްސައިޑްގެ ވެބްސައިޓަށް ޒިޔާރަތްކޮށްލެވޭނެއެވެ. ނުވަތަ ރީފްސައިޑް ލައިފްސްޓައިލްގެ ނަންބަރ 7731204އަށް ވައިބަރކޮށްލެވޭނެއެވެ.

Advertisement

ކޮމެންޓް