އުނގޫފާރުން އިތުރު 4 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެ

20 Mar 2021 | 16:47

ރ.އުނގޫފާރުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމްލަ މީހުންގެ އަދަދު ފަހަކަށް އަރައިފިއެވެ.

އެރަށުން ކަރަންޓީނުގައި ނެތް އަންހެނަކަށް ކޯވިޑް ޖެހުނުކަން އެނގުނީ ހުކުރު ދުވަހުއެވެ. އުމުރުން 50 އަހަރުގެ މި އަންހެން މީހާ ބައްޔަށް ޓެސްޓު ކުރީ، އޭނާގެ ކިބަިއން އަލާމާތްތައް ފެނިގެންނެވެ.

އެއަށްފަހުގައި ވަނީ އެރަށް މޮނީޓަރިންގގެ ހާލަތަށްލައި، ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތް ފަށާފައެވެ. މީގެ ތެރެއިން މިހާތަނަށް ވަނީ އިތުރު ހަތަރު މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އެރަށުން ރެންޑަމް ސާމްޕަލް ނެގުމަށް ދަނީ ތައްޔާރުވަމުންނެވެ.

ރާޢްޖޭގައި ހަލުވި ކަމާއެކު އަދިވެސް ކޯވިޑް ފެތުރެމުން އަންނައިރު، މިބަލީގެ ބިރުވެރިކަން އަތޮޅުތެރެއަށް ވަނީ ބޮޑުވެފައެވެ. 

Advertisement

ކޮމެންޓް