އިދިކޮޅު ޖޫރިމަނާ ކުރިއިރު ދައުލަތުން ދޭންޖެހޭ ފައިސާ ނުދޭ: ޝިޔާމް

21 Mar 2021 | 08:25

އިލެކްޝަން ކޮމިޝަނުން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޖޫރިމަނާ ކުރިއިރު، ދައުލަތުން އެޕާޓީއަށް ދޭން ޖެހޭ ފައިސާ ހަމައަށް ދީފައި ނުވާކަމަށް، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް ކުރެއްވި ޓުއީޓެއްގައި ވިދާޅުވީ، މިދިޔަ އަހަރުވެސް ދައުލަތުން ޕީޕީއެމްއަށް ދޭންޖެހޭ ފައިސާ ހަމަޔަށް ދީފައި ނުވާކަމަށެވެ. އަދި މި އަހަރުވެސް އެއްވެސް ފައިސާއެއް ނުދީ، އިންތިޚާބާއި ދިމާކޮށް، ސަރުކާރާއި، ވާދަވެރި ޕާޓީއަށް ދަތިކުރަމަށް އީސީގެ ރައީސް އަޙްމަދު ޝަރީފް ވެސް ހުންނެވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ހެން ފޫގަޅުވައިގެން ކަމަށް ވިދާޅުވެފައެވެ.

ޝިޔާމް މިހެން ވިދާޅުވިއިރު، އިލެކްޝަންސް ކޮމިޝަނުން ދާދި ފަހުން ވަނީ ޕީޕީއެމް 75،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ. 

Advertisement

ކޮމެންޓް