ޔޫއޭއީގެ މާލީ ވަޒީރު ޝައިޚް ހަމްދާން އަވަހާރަވެއްޖެ

24 Mar 2021 | 12:34

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ މާލީ ވަޒީރު އަދި ދުބާއީގެ އިސްވެރިޔާގެ ނައިބު ޝައިޚް ހަމްދާން ބިން ރާޝިދު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރައްވައިފިއެވެ.

އުމުރުން 75 އަހަރުގައި އެބޭފުޅާ އަވަހާރަވިކަން އެބޭފުޅާގެ ބޭބޭފުޅު އަދި ދުބާއީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ރާޝިދު ވަނީ ޓްވިޓަރ މެދުވެރިކޮށް އިއުލާންކުރައްވާފައެވެ. 

އަވަހާރަވި ޝައިޚް ހަމްދާން އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރމަހުގެ ތެރޭގައި އެބޭފުޅާ ވަނީ ހިތުގެ އޮޕަރޭޝަނެއް ކުރައްވާފައެވެ.

ޝައިޚް ހަމްދާނަކީ ދުބާއީގެ ޒަމާނީ އިޤްތިޞާދީ ތަރައްޤީގެ މުހިންމު ބައިވެރިއެކެވެ. 

Advertisement

ކޮމެންޓް