ކެމްޕެއިން ކުރަން ފުރުޞަތު ދީފިނަމަ ޕާޓީން ވާދަކުރާ ހުރިހާ ގޮނޑިއެއް ކާމިޔާބުކުރާނަން: އެމްޑީއޭ

26 Mar 2021 | 00:05

ކުރިއަށް މިއޮތް ކުޑަދުވަސްކޮޅުގައި ކައުންސިލް އިންތިޚާބަށް ކެމްޕެއިން ކުރަން ފުރުޞަތު ލިބިއްޖެނަމަ އެމްޑީއޭ އިން ވާދަކުރާ ހުރިހާ ގޮނޑިއެއް ކާމިޔާބުކުރާނޭ ކަމަށް އެމްޑީއޭގެ ނައިބު ލީޑަރު އަޙްމަދު ޢާމިރު ވިދާޅުވެއްޖެއެވެ.

ޢާމިރު މިހެން ވިދާޅުވީ އެމްޑީއޭއިން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުންްނެވެ. ޢާމިރު ވަނީ އެޗްޕީއޭއިން މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކެމްޕެއިން ކުރަން އެޕާޓީން ކުރަންޖެހޭ މަސައްކަތްތައް ކުރެވިފައިނުުވާކަން ފާހަގަކޮށްފައެވެ.

އެގޮތުން ކައުންސިލް އިންތިޚާބު އަންނަ މަހުގެ 10 ވަނަ ދުވަހު ބާއްވާނަމަ، ޕާޓީތަކަށް އިންތިޚާބު ބާއްވާނެ މާހައުލެއް ޤާއިމުކޮށްދޭންޖެހޭ ކަމަށާއި، ޕާޓީތަކަށް ދިމާވާ މިފަދަ މައްސަލަތަކަށް ޙައްލު ހޯދައިދިނުމަކީ އީސީގެ ވާޖިބެއް ކަމަށެވެ.

ޢާމިރު ވިދާޅުވީ، ކައުންސިލް އިންތިޚާބުގެ ކުރިން މިއޮތް ކުޑަދުވަސްކޮޅުގެ ތެރޭގައި ކެމްޕޭނު ކުރަން ފުރުޞަތު ލިބިއްޖެނަމަ އެމްޑީއޭގެ ފަރާތުން ވާދަކުރާ ހުރިހާ ގޮނޑިއެއް ކާމިޔާބު ކުރާނެ ކަމަށެވެ. އެގޮތުން ޢާމިރު ވިދާޅުވީ، އެމްޑީއޭއިން ދ.އަތޮޅުގެ 42 ގޮނޑިއަކަށް ވާދަކޮށްފައިވާ ކަމަށާއި، އެހުރިހާ ގޮނޑިއެއް ކާމިޔާބުކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"އަޅުގަނޑުމެންގެ ޕާޓީން ދ.އަތޮޅުގެ 42 ގޮނޑިއަކަށް ވާނީ ވާދަކޮށްފައި. މުޅި އަތޮޅުގެ އަތޮޅު ކައުންސިލު ކަމަށްވެސް ކުރިމަތިލާފަ ވާނީ. އިރާދަކުރެއްވިއްޔާ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް މިގޮނޑިތައް ނެގޭނެ ކަމުގެ"، ޢާމިރު ވިދާޅުވިއެވެ.

ފޮޓޯ: ސަން

Advertisement

ކޮމެންޓް