ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 169 މީހުން!

02 Apr 2021 | 22:15

ދިވެހިރާއްޖެއިން އިތުރު 169 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗް.ޕީ.އޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 169 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 64 މީހަކާއި، ރަށްރަށުން ޕޮޒިޓިވްވި 65 މީހަކާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 29 މީހަކާއި ސިނާއީ ސަރަޙައްދުތަކުން ޕޮޒިޓިވްވި 8 މީހަކު ހިމެނެއެވެ.

މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 24،548 އަށް އަރާފައެވެ. މީގެ ތެރެއިން 89 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މިބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 21،368 އަށް އަރާފައެވެ.

Advertisement

ކޮމެންޓް