އޮރެންޖު ކެއުމުގެ މުހިންމުކަން އެނގޭތަ؟

03 Apr 2021 | 13:14

ކޮންމެ މޭވާއެއްގައިވެސް ހަށިގަނޑަށް ބޭނުންވާ އެތަައް މާއްދާއެއް އެކުލެވިގެން ވެއެވެ. މި ލިޔުމުގައި މިބަލައިލަނީ އޮރެންޖް ކެއުުމުން، ހަށިގަނޑަށް ލިބޭ ބައެއް ފައިދާ ތަކަށެވެ.

ވިޓަމިން ސީ ގިނަ މިންވަރަކަށް އެކުލެވޭ:

މިއީ އޮރެންޖުގެ އެންމެ ޚާއްޞަ އެއް ކަމެވެ. އޮރެންޖަކީ ވިޓަމިން ސީ ހޯދުމަށް ކާން އެންމެ ރަނގަޅު މޭވާއޭވެސް ބުނެވިދާނެއެވެ.

ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަ ކުރުން:

އޮރެންޖު ކެއުމުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކޮށްދެނީ، އޭގައި ގިނަ މިންވަރަކަށް އެކުލެވިގެންވާ ވިޓަމިން ސީގެ ސަބަބުންނެވެ.

ގައިގެ ހަން ރައްކާތެރިކޮށްދިނުން:

އޮރެންޖުގައި ގިނަ މިންވަރަކަށް ހިމެނޭ އެންޓިއޮކްސިޑެންޓްތަކަކީ ގައިގެ ހަމުގައި ރޫ ޖެހި، އުމުރުން ދުވަސްވުމުން ހަަމަށް އަންނަ ބަދަލުތައް އައުން ދުރުކޮށްދޭ އެއްޗެކެވެ. އެހެންކަމުން ގައިގެ ހަންގަނޑު ޒުވާންކަން މަތީގައި ބަހައްޓަން ބޭނުން ނަމަ، ގިނައިން އޮރެންޖު ކާށެވެ.

މީގެ އިތުރުންވެސް، ބަނޑުހަރުވުމުން ސަލާމަތްކޮށްދިނުމާއި، ލޮލަށް ލިބޭ ފައިދާތަކުގެ އިތުރުންވެސް އޮރެންޖުން ލިބޭ ގިނަ ފައިދާތަކެއް ހުރެއެވެ.

އެނގޭހެއްޔެވެ؟ އޮރެންޖުން ޖޫސް ގިރަން ބޭނުންނަަމަ، އެންމެ ރަނގަޅުވާނެ ގޮތަކީ، ފިނިކަން ކަނޑުވާލުމަށްފަހު، ރޫމް ޓެމްޕަރޭޗަރގައި ޖޫސް ގިރުމެވެ. އެންމެ ގިނައިން ދިޔަ ނެގޭނީ އޭރުންނެވެ.

އޮރެންޖު ކެއުމަށްޓަކައި ތޮށި ނިއުޅުމަށްފަހު، ނުވަތަ ފޮތި ކުރުމަށްފަހު އެހާ ގިނައިރު ނުބަހައްޓާ ކާލާށެވެ. ނޫންނަމަ، އޭގެ ވިޓަމިން ސީ މަދުވެދާނެއެވެ. 

Advertisement

ކޮމެންޓް