ވިލުފުށިން މީހަކު ޕޮޒިޓިވް ވެ ފިޔަވަޅުތައް ވަރުގަދަކޮށްފި

06 Apr 2021 | 12:27

ތ. ވިލުފުށިން ނެގި ރެންޑަމް ސާމްޕަލްއެއް ކޮވިޑް19 އަށް ޕޮޒިޓިވްވެ، އެރަށް މޮނިޓަރިންއަށް ލައިފިއެވެ. އެރަށް މޮނިޓަރިންއަށް ލާފައިވަނީ އިއްޔެއެވެ.

ރަށުން ކޮވިޑްގެ ކޭހެއް ފެނުމާއެކު، އެރަށު ކައުންސިލުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން ކައުންސިލުން ވަކި ގޮތެއް އަންގަންދެން، ޕާކުތަކާއި މައިޒާންތަކާއި ކުޅިވަރުކުޅޭ ތަންތަނާއި ހުސްބިން ފަދަ ތަންތަނަށް މީހުން އެއްވެ އުޅުން ވެސް ވަނީ މަނާކޮށްފައެވެ.

ފަހަކަށް އައިސް އަތޮޅުތެރެއިން ކޮވިޑް19ގެ ގިނަ ކޭސްތަކެއް އަންނަނީ އިތުރުވަމުންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ފާއިތުވި ސައުވީސް ގަޑިއިރުގެ ތެރޭގައި 125 މީހަކު ކޮވިޑަށް ޕޮޒިޓިވް ވިއެވެ. އޭގެތެރެއިން 46 މީހަކު ޕޮޒިޓިވް ވެފައިވަނީ އަތޮޅު ތެރެއިންނެވެ.

Advertisement

ކޮމެންޓް

Advertisement