Advertisement

ހުޅުދުއްފާރު ކައުންސިލްގެ ހުރިހާ ގޮނޑިއެއް ޕީޕީއެމްއަށް

11 Apr 2021 | 13:51

އިއްޔެ ކުރިއަށް ގެންދިޔަ ލޯކަލް ކައުންސިލު އިންތިޚާބުގައި ރ.ހުޅުދުއްފާރު ރަށު ކައުންސިލުގެ ހުރިހާ ގޮނޑިއެއް ޕީޕީއެމް ނަގައިފިއެވެ.

ލިބިފައިވާ ވަގުތީ ނަތީޖާ ދައްކާ ގޮތުން ރަށު ކައުންސިލްގެ ރައީސް ކަމަށާއި ރަށު ކައުންސިލްގެ އާންމު މެންބަރު ކަމަށް ހޮވިވަޑައިގެންފައި ވަނީ ޕީޕީއެމް ކެނޑިޑޭޓުންނެވެ.

އަދި ރަށު ކައުންސިލުގެ ރައީސް ކަމަށް މުޙައްމަދު އާތިފު އިންތިޚާބުވެފައިވާއިރު، ރަށު ކައުންސިލުގެ އާތިފު އާ ވާދަކުރެއްވީ އެމްޑީޕީގެ ފަރާތުން ކުރިމަތިލެއްވި ކެނޑިޑޭޓު މުޙައްމަދު އިބްރާހީމާއި އަމިއްލަ ކެނޑިޑޭޓު ޤާއިމް ޔޫސުފް އަޙްމަދެވެ.

ހުޅުދުއްފާރަކީ މީގެކުރިން އެމްޑީޕީގެ ބޮޑު ތާއީދެއް އޮންނަ ރަށެއްކަން ފާހަގަކޮށްލެވެއެވެ. އެހެން ނަމަވެސް ކައުންސިލް އިންތިޚާބުގައި އެރަށު ކައުންސިލުގެ ހުރިހާ ގޮނޑިއެއް ޕީޕީއެމުންވަނީ ކާމިޔާބުކޮށްފައެވެ.

Advertisement

ކޮމެންޓް

Advertisement