ކިނބިދޫއިން ނެގި ހަތަރު ސާމްޕަލްއެއް ޕޮޒިޓިވް، ރަށް މޮނިޓަރިންއަށް!

12 Apr 2021 | 11:41

ތ. ކިނބިދޫއިން ނެގި ހަތަރު ސާމްޕަލެއް ޕޮޒިޓިވްވެ، އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބުނިގޮތުގައި އެރަށުން ކޯވިޑަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން ތިން މީހުން ޕޮޒިޓިވްވީ، ހުމުގެ އަލާމާތްތައް ހުރެގެން ޑޮކްޓަރަށް ދައްކަން ގޮސް، ނެގި ސާމަޕްލުތަކުންނެވެ. އަނެއް މީހާ އަކީ، ކޮވިޑް ކޭސްތަކެއް ފެނި މޮނިޓަރިންއަށް ލާފައި އޮތް ތ. ވޭމަންޑޫން ކިނބިދުއަށް ދިޔަ މީހެކެވެ.

ވޭމަންޑޫ މޮނިޓަރިންއަށް ލީ، އެ ރަށުން މާލެ ގެނައި ބަލި މީހަކު ކޮވިޑަށް ޕޮޒިޓިވްވުމުން މިދިޔަ ހުކުރު ދުވަހުއެވެ. މިދިޔަ މަހުގެ 15ގެ ފަހުން ވޭމަންޑޫއިން ދަތުރި ކުރި އެންމެން އެކަން ހެލްތު ސެންޓަރަށް އެންގުމަށް އެޗްޕީއޭއިން މިހާރު ވަނީ އެދިފައެވެ.

Advertisement

ކޮމެންޓް