13 Apr 2021 | 10:38
ސަލްމާން މިސްކިތް ނުހުޅުވި ލަސްވަނީ ސައުދީން ވަޑައިގަންނަވާ ބޭފުޅުންނަށް ވަޑައިގެންނެވޭ ފަދަ ހާލަތަކަށް ނުދާތީ: މިނިސްޓްރީ

ސައޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒުގެ ހިލޭ އެހީގައި މާލޭގައި އިމާރާތްކޮށްފައިވާ ކިންގް ސަލްމާން މިސްކިތް ހުޅުވުން ލަސްވަމުންދަނީ ސައުދީ އަރަބިއްޔާގެ ވަފުދަށް އާދެވޭނެ ފަދަ ހާލަތަކަށް ނުދާތީ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކު މިނިސްޓްރީން ނެރުު ބަޔާނެއްގައި ބުނެފައިވަނީ ސަލްމާނު މިސްކިތަކީ ސައުދީ ސަރުކާރުން ބޮޑު ހޭދައެއް ކޮށްގެން އިމާރާތް ކޮށްފައިވާ މިސްކިތެއް ކަމަށާއި އެ މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ޝައުގުވެރިކަން ހުރި ކަމަށް ސައުދީ ސަރުކާރުންވެސް ފާހަގަކޮށްފައިވާ ކަމަށެވެ.

އެގޮތުން އެމިސްކިތް ހުޅުވަން ތާރީޚުތަކެއް ކަނޑައަޅާފައި ވީނަމަވެސް ކޮވިޑް-19ގެ ބަލިމަޑުކަން މުޅިދުިނިޔެއަށް ކުރިމަތިވެފައިވާތީ އާއި ސައުދީން ރާއްޖެއަށް ވަޑައިގަންނަވާ ބޭފުޅުންނަށް ރައްކާތެރި ހާލަތަކަށް ނުދާތީ ކަމަށްވެސް ބުނެފައިވެއެވެ.

މިނިސްޓްރީން ބުނީ ގިނަ ޚިދުމަތްތަކެއް ދެވޭގޮތަށް ކިންގް ސަލްމާނު މިސްކިތް އިމާރާތް ކުރެވުނު ނަމަވެސް އެތަނުގައި ގާއިމުކުރަންޖެހޭ ވަސީލަތްތައް ގާއިމުކުރެވިފައި ނުވާތީ، ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ދިވެހި ދައުލަތުން، ސައުދީ ސަރުކާރާ ގުޅިގެން ކުރަމުން އަންނަ ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.

ރައީސް ޞާލިޙު ކުރިން ވިދާޅުވެފައިވަނީ ކިންގ ސަލްމާން މިސްކިތުގެ ހުރިހާ މަސައްކަތްތައް ވަނީ ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ. އަދި އެންމެ ފުރަތަމަ ނިންމިފައިވަނީ މިދިޔަ އަހަރުގެ މާރިޗުމަހުގައި ސައުދީ އަރަބިއްޔާގެ އިސްވެރިން ވަޑައިގެން އެތަން ހުޅުވުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެން ނަމަވެސް ކޮވިޑާ ގުޅިގެން އެކަން ލަސްވެގެން ދިޔަގޮތަށް އެކަމަށް އާ ތާޜީޚެއް ލިބިފައި ނުވާކަމަށް ރައީސް ޞާލިޙު ވަނީ ވިދާޅުވެފައެވެ. އަދި ނުރަސްމީގޮތުން ނަމަވެސް ކުރިއަށް އޮތް ރޯދަމަހުގައި އެތަނުގެ ބޭނުން ކުރެވޭތޯ މަސައްކަތްކުރަމުންދާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ނަމަވެސް އެ މިސްކިތާ ގުޅޭގޮތުން ނިންމަންޖެހޭ ބައެއް މަސައްކަތްތައް ނިމިފައި ނުވާތީ، މި އަހަރުގެ ރޯދަމަހަށް އެތަން ނުހުޅުވޭނެކަމަށް އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ޑްރަގް ޓްރެފިކްކުރުމުގެ ތުހުމަތުގައި އިންޑިއާ މީހަކު ހައްޔަރުކޮށްފި
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 29 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށްވާ މޮހައްމަދު ޓަފެޖުލް ޙާއިދަރއެވެ. އޭނާގެ މައްޗަށް ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި ޓްރެފިކް ކުރުމުގެ ތުހުމަތެވެ.
06 Oct 2026
ސަރުކާރުގެ އިދާރާތަކަށް އަމާޒުކޮށް ނުރައްކާތެރި އީމެއިލްތަކެއް
ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކަށް އަމާޒުކޮށް އޮޅުވާލައިގެން ނުރައްކާތެރި އީމެއިލްތަކެއް ފޮނުވަމުންދާތީ، ސަރުކާރުގެ އިދާރާތަކުންނާއި އާންމު ރައްޔިތުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ.
06 Oct 2026
މައްކާ ދިފާޢީ އެއްބަސްވުން އެކްޓިވޭޓްކޮށްފި
ސަޢޫދީ ޢަރަބިއްޔާ، ޕާކިސްތާން އަދި ތުރުކީވިލާތް ހިމެނޭ "މައްކާ އެލަޔަންސް ފޯރ ޑިފެންސް" ގެ އިސްތިރާތީޖީ-ސިޔާސީ އަދި ދިފާޢީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވައި، ގުޅިފައިވާ ދިފާޢީ ޒިންމާތައް ވަގުތުން ތަންފީޛުކުރުމަށާއި ސަޢޫދީ ޢަރަބިއްޔާއަށް އަސްކަރީ ފައުޖުތައް އަވަހަށް ފޮނުވުމަށް ނިންމައިފިއެވެ.
06 Oct 2026
"ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ
ވިމެން އިން ޓެކް މޯލްޑިވްސްއިން ބުނީ 2023 ވަނަ އަހަރުން ފެށިގެން މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރަމުން އަންނަ ކަމަށެވެ. އެންމެފަހުން ޕެނަމާގައި ބޭއްވުނު ފަރސްޓް ގްލޯބަލް ޗެލެންޖުގައިވެސް ރާއްޖޭގެ ޓީމުން ވަނީ ބައިވެރިވެ، 190 އަށް ވުރެ ގިނަ ޤައުމުގެ ތެރެއިން ދުނިޔޭގެ ގަދަ 50 ގެ ތެރޭގައި ހިމެނިފައެވެ
06 Oct 2026
އެކްސިޑެންޓްގެ އެއް ސައިކަލު ދުއްވީ ލައިސަންސް ނެތް ބިދޭސީއެއް
މާލޭގެ ބޮޑުތަކުރުފާނު މަގު، ބާޒާރުމަތީ ސަރަހައްދުގައި ދެ ސައިކަލު ޖެހި ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާއިރު، އެތަނުން އެއް ސައިކަލް ދުއްވީ ލައިސަންސް ނެތް ބިދޭސީއެއް ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.